ޝަކުވާ ހުށަހެޅުމުގައި އެހީވާން ސިޓީ ކައުންސިލުން މުއްދަތު އިތުރުކޮށްދީފި

ގެދޮރުވެރިޔާ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް މާލޭ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން އެ ކައުންސިލުން ދިން މުއަދަތު މިއަދު އިތުރުކޮށްފިއެވެ. ގެދޮރުވެރިޔާ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް މާލޭ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި ވާކަމަށް އެ ކައުންސިލުން ބުނެފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. https://sun.mv/203555 އެއަށްފަހު މިއަދު އެ ކައުންސިލުން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެއިދާރާގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައިގައި މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ކުރިއަށްދާނެ ކަމަށެވެ. އެ ގޮތުން އެ ކައުންސިލުން ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ގަޑިތަކަކީ މިއަދުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 10:00 ން 14:30 އަށް އަދި ރޭގަނޑު 21:30 ން 23:00 އަށެވެ. އަދި އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 ން 16:00އަށް، އަދި ރޭގަނޑު 21:00 އިން 23:00 އަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އައު ލިސްޓު ނެރުމާއެކު ވެސް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ޕޮއިންޓް ދީފައިވާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ