ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ވަގު ފޯމު ހުށަހެޅި މައްސަލަ ބޮޑުވެ، ފާޑުކިޔުން އަމާޒު ވެފައި ވަނިކޮށް، ހުރިހާ ސިޔާސީ ޕާޓީއެއްގެ ދަފުތަރު ރަނގަޅުތޯ ބެލުމަށް، ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަނީ، ޑިސެންބަރު 31، 2024 އާ ހަމައަށް ދަފުތަރުގައިވާ އެންމެންގެ ނަންތަކުގެ ލިސްޓު އިއުލާނުކޮށްފަ އެވެ.
ޝަކުވާ ހުށަހަޅަން ޖެހޭނީ މައި އިލެކްޝަން ޕޯޓަލް (my.elections.gov.mv) ނުވަތަ ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށެވެ.
"ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި އިލެކްޝަންސް ކޮމިޝަނުގެ ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަންވާނެ އެވެ،" އިއުލާނުގައިވެ އެވެ.
އިއުލާނުކޮށްފައިވާ ދަފުތަރަށް ޝަކުވާ ހުށަހެޅުމުގެ ސުންގަނޑިއަކީ ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ. އިލެކްޝަންސް ކޮމިޝަނަށް ގޮސްގެން ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.
ޕާޓީއެއްގެ ރަޖިސްޓަރީގައި އޮތްތޯ ބަލާނެ ގޮތަކީ PPR ޖެހުމަށް ފަހު ހުސް ޖާގައެއް ދިނުމަށް ފަހު އައިޑީ ކާޑު ނަންބަރު ޖަހާފައި، 1414 އަށް މެސެޖު ކޮށްލާނީ އެވެ. އޭރުން ޕާޓީއެއްގައި އޮތް ނަމަ އޮތްކަން އަންގާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު އަދާހަމަކޮށްފައިވާ ދަފުތަރުން ދައްކާ ގޮތުގައި މިހާރު މެންބަރުން އެންމެ ގިނަ ޕާޓީއަކީ ޕީއެންސީ އެވެ. އެ ޕާޓީގައި 68968 މެންބަރުން ތިބިއިރު، އެމްޑީޕީގައި ތިބީ 43755 މެންބަރުންނެވެ.
ޕީއެންސީ އަށް ކުއްލިއަކަށް ގިނަ ބަޔަކު ވައްދާފައި ވާއިރު، ގިނަ އަދަދެއްގެ ވަގު ފޯމު ހުށަހަޅާފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.
ޕީއެންސީގެ ވަގު ފޯމުގެ މައްސަލަ ބޮޑުވުމުން ޕާޓީތަކުގެ ދަފުތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި ޕީއެންސީގެ ވަގު ފޯމުގެ މައްސަލަ ބޮޑުވުމުން ޕާޓީތަކުގެ ދަފުތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ