ރ. މީދޫގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ކުލަ ހެދުމުގައި ހުރި ފުލުހަކަށް ކުޑަކުއްޖަކު ހަމަލާ ދިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އިން ވިދާޅުވީ މި މަހުގެ ހަ ވަނަ ދުވަހު އެރަށު މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުންދިޔަ ކުދިބަޔަކަށް އެގޮތަށް އެކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން، އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވާ ކަަމަށެވެ.
އެހެންވެ، ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ޕޮލިސް އޮފިސަރަށް ހަމަލާ ދިން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެ ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާ ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ހާދިސާގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރިއަށްގެންދާކަން ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުވައްމުލަކުގެ ޑުރަގު ނެޓްވޯކުތައް އެއްކޮށްހެން ނައްތާލެވިއްޖެ: އިހުސާން ގއ އަތޮޅު ހޮސްޕިޓަލް ކައިރީ އެރަށު ރައްޔިތުން މިއަދު އިހުތިޖާޖު ކުރަނީ މަންމައާއި ދަރިފުޅު މަރުވި މައްސަލަ ބަލައިދޭން އެމްޑީޕީ އިން އެދިއްޖެ އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ