18 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އަޅަން ހަވާލުކޮށްފި

ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ ހިދުމަތްދޭ ތަންތަން އެޅުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
ރާއްޖޭގެ 18 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އެޅުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ ހިދުމަތްދޭ ތަންތަން އެޅުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.އާރްޑީސީއާ ހަވާލުކޮށްފައި ވަނީ؛
އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ؛
ފެނަކައާ ހަވާލުކޮށްފައި ވަނީ؛
މި އެއްބަސްވުންތަކުގައި އާރްޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރެވެ. އަދި ފެނަކައިގެ ފަރާތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.އާރްޑީސީ އަދި އެމްޓީސީސީއާއެކު ސޮއިކުރި އެއްބަސްވުންތަކުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. ފެނަކައާއެކު އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ.ހެލްތު މިނިސްޓްރީން ވެސް މީގެ ކުރިން ވަނީ ސިއްހީ ހިދުމަތްދޭ ގިނަ ތަންތަން އެޅުމަށް މި ތިން ކުންފުންޏާ ހަވާލުކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ