މޫސުން ގޯސްވުމުގެ ސަބަބުން ބްރިޖާއި ލިންކް ރޯޑުން ދަތުރުކުރާ މީހުން ސަމާލުވުމަށް އެދެފި

މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ސިނަމާލެ ބްރިޖާއި ލިންކް ރޯޑު ބޭނުންކުރާ މީހުން ސަމާލުވުމަށް އެދެފިއެވެ. އެގޮތުން ބްރިޖާއި ލިންކް ރޯޑުން ދަތުުރުކުރާއިރު ސަމާލުވުމަށް އެދިފައިވަ ކަންކަމުގެ ތެރޭގައި: ބުރުގާ އަޅާ މީހުން ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުން. ވިއްސާރަކޯޓު ބޭނުންކުރާ މީހުންގެ ކޯޓު ވަޔާއެކު ހަލާކުވެގެންގޮސް އެހެންމީހުންގެ މޫނުމަތީ ނޭޅޭފަދަ ރަނގަޅު ފެންވަރުގެ ކޯޓެއް ބޭނުންކުރުން. ވައިގަދަވާ ގަޑިތަކުގައި އުޅަނދުގެ ސްޕީޑް ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ހިފެއްޓުން. "ވީމާ އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިކަންކަމަށް ސަމާލުވުމަށް ދަންނަވަމެވެ،" ފުލުހުން ބުންޏެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ ކަނޑު ދަތުރުކުރާ މީހުން މިދުވަސްވަރު ޚާއްސަ ސަލާމުކަމެއް ދޭންޖެހޭނެ ކަމަށެވެ. އަދި ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުމަށް ވެސް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ