ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާންގެ ނަމުގައި ވަގު ވައިބަރ އެކައުންޓެއް

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާންގެ ނަމުގައި ވަގު ވައިބާ އެކައުންޓެއް ހިންގާ މައްސަލަ ފެންމަތިވެއްޖެއެވެ.
ޝިފާން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ ނަމުގައި ހިންގަމުންދާ ވައިބާ އެކައުންޓުގެ ސްކްރީންޝޮޓެއް ޕޯސްޓު ކުރައްވާފައެވެ. އަދި ރައްޔިތުން އެކަމަށް ސަމާލުވުމަށާއި އެއްވެސް މުއާމަލާތެއް ހިންގެވުމުގެ ކުރިން ނަމްބަރު ޔަގީން ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
GVQ4FjRbQAAtrdk.jpeg
ތިމާ އަކީ ކާކު ކަން ނޭނގޭ ގޮތައް ވަގު އެކައންޓުތައް ހަދައިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ބޭނުންކުރާ މީހުން މަދެއްނޫނެވެ. މިފަދަ ފޭކް އެކައުންޓުތަކުން އަނެކުންނަށް އޮޅުވާލައި ލަނޑުދީ ސްކޭމް ހިންގުމާއި، މީހުންނަށް އޮޅުވާލައިގެން ފައިސާ ފޭރުން ފަދަ ކަންކަން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ