އެ މިސްކިތަށް ފަތިސް ނަމާދަށް ދިޔަ ބައެއް މީހުން ބުނީ، މިސްކިތުގެ ކަރަންޓު ބޯޑުތަކާއި ވުޟޫ ކުރާ ތަނުގައި ހުރި އިސްކުރުތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ.
ފުރުގާން މިސްކިތުގައި ހުރި މުސްހަފްތައް އުކާލައި، މިސްކިތުގެ އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދީފި އެވެ.
މިކަން ކޮށްފައި ވަނީ ރޭ ދަންވަރު އެވެ. އެތަން ފެނުނީ ފަތިހު ފަތިސް ނަމާދަށް ދިޔަ މީހުންނަށެވެ. އެ މިސްކިތަށް ފަތިސް ނަމާދަށް ދިޔަ ބައެއް މީހުން ބުނީ، މިސްކިތުގެ ކަރަންޓު ބޯޑުތަކާއި ވުޟޫ ކުރާ ތަނުގައި ހުރި އިސްކުރުތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ.މިސްކިތަށް ދީފައި ހުރި ގެއްލުންތަކުގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކުރައްވަމުން ދީނީ އިލްމުވެރިޔާ، ޝައިހް އާދަމް ނިޝާން އަދި މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުސްހަފްތައް މުޅި ތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެޔަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްފައި ކަމަށެވެ.ވުޟޫ ކުރާ ބަޔަށް ގެއްލުން ދީފައިވާއިރު، މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.މިކަން ކޮށްފައިވަނީ އެ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެއް ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ. މީގެ ކުރިން އެތައް ފަހަރަކު މުސްހަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް އޭނާ އެ މިސްކިތުގައި ކޮށްފައިވާކަމަށް ނިޝާން ތުހުމަތު ކުރެއްވި އެވެ. "މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލުން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯއެވެ؟ އަދި ކީރިތި ޤުރްއާނަށާއި، الله ގެ ގެކޮޅުގެ ހުރުމަތް ކަނޑައިގެން އެތައް ފަހަރަކު މީނާގެ މައްސަލަ ފުލުހަށް ރިޕޯޓު ކުރެވިފައިވާ އިރު މިކަމަށް އެޅޭނެ ފިޔަވަޅެއް މިދައުލަތުގައި ނެތީހެއްޔެވެ؟" ނިޝާން ވިދާޅުވި އެވެ.މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިކަމާ ގުޅިގެން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މުސްހަފްތައް އުކާލައި ފުރްގާން މިސްކިތަށް ގެއްލުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ