ސްކޫލް ޓީޗަރަކު ދަރިވަރުންނާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމް ކުރި މައްސަލައެއް ފުލުހުން ބަލަނީ

ސްކޫލް ޓީޗަރަކު ދަރިވަރުންނާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. 
ފުލުހުން ބުނީ، ދެކުނުން މެދުރާއްޖެތެރޭ ސަރަޙައްދުގެ (މ، ފ، ދ، ތ، ލ) ސްކޫލެއްގެ ފިރިހެން މުދައްރިސަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، އެ ކުދިން ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މައްސަލަ ރިޕޯޓު ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހުއެވެ.
Advertisement
އަދި މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ