ވިޔަފާރި ބަނދަރުގައި އޮތް ބޯޓެއްގެ ކެރޭނު ވެއްޓި ގެއްލުންވެއްޖެ

މާލޭ ވިޔަފާރި ބަނދަރުގައި އޮތް މުދާ އުފުލާ ބޯޓެއްގެ ކެރޭނުގެ ބައެއް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ފަހު 2:00 ހާއިރު ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ބޯޓެއްގެ ކެރޭނު ވެއްޓިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާގޮތުގައި ބޯޓްގެ ކެރޭނުން ބައެއް ބިންދައިގެން ގޮސް ވެއްޓުނީ ޖެޓީ މައްޗަށެވެ. އެވަގުތު ސަރަހައްދުގައި ހުރި ކޮންޓެއިނަރުތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރުގައި މީގެކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. އަދި ބައެއް ހާދިސާތަކުގައި މީހުންނަށް ބޮޑެތި ގެއްލުންތައްވެސް ވެފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ