ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި ރަނިން މޭޓް ޑރ. ހަސަން ސައީދު އައްޑޫ އަތޮޅަށާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.
ގާސިމް މާލެ ވަޑައިގެންފައިވަނީ މިއަދު އިރުއޮސުނު ވަގުތު އެވެ. ޖުމްހޫރީ ގުޅުމުން އައްޑޫ ސިޓީއަށާއި ފުވައްމުލަކަށް އެމަނިކުފާނު ކުރެއްވި މި ދަތުރުފުޅުގައި އެ ދެ އަތޮޅުގެ ރައްޔިތުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ރިޔާސީ ކެންޑިޑޭޓް ގާސިމާއި އެމަނިކުފާނުގެ ޓީމްގެ އިއްޔެ އާއި މިއަދު ވަނީ ފުވައްމުލަކުގައި ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފަ އެވެ. އެގޮތުން ރޭގައި ޖުމްހޫރީ ގުޅުމުގެ ހަ މާލަމެއް ފުވައްމުލަކުގައި ވަނީ ހުޅުވިއިރު ކެމްޕޭން ހަރަކާތްތައް ބައްލަވާލައްވައި ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވި އެވެ.
މީގެ އިތުރުން އަދި ފުވައްމުލުގައި ތިބި ބަލި މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް އެފަރާތްތަކުގެ ހާލު ބައްލަވާލައްވާ އެ ފަރާތްތަކުގެ ބޭހުގެ ކަންކަން ކުރިއަށް ގެންދާގޮތް އެމަނިކުފާނުވަނީ ސާފު ކުރައްވާފަ އެވެ.
ދެކުނު ދަތުރުފުޅަށްފަހު ގާސިމް މާލެވަޑައިންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ