ފައިނަލަށް ކުޅުންތެރިން ހޮވިއްޖެ

ނަވާރަ ވަނަ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ފައިނަލަށް ކުޅުންތެރިން ހޮވިއްޖެ އެވެ. މުބާރާރުތެ މެއިން ޑްރޯގެ ފިރިހެން ސިންގަލްސް ފައިނަލަށް ހޮވިފައިވަނީ މުހައްމަދު ޝާރިމް އާއި މުހައްމަދު ނަޝްފާން އެވެ. އަންހެން ފައިނަލަށް ހޮވުނީ މައިސާ ފަތުހުﷲ އާއި އައިޝަތު އަފްނާން އެވެ. ފިރިހެން ޑަބަލްސް ފައިނަލުގައި ވާދަކުރާނީ މުހައްމަދު ނަޝްފާން އާއި ހަސަން އަފްޝީންގެ ޕެއާ އާއި ޒަޔާން ޒަކީ އާއި މުހައްމަދު ޝާރިމެވެ. އަންހެން ޑަބަލްސް ފައިނަލުގައި ކުޅޭނީ އައިޝަތު އަފްނާން އާއި އައިމިނަތު ޝަހުރުނާޒް އަދި ރާބިއާ ނައީމް އާއި އައިމިނަތު ނަސީމާ އެވެ. މިކްސް ޑަބަލްސް ފައިނަލަށް ހޮވުނީ ހަސަން އަފްޝީން އާއި އައިޝަތު އަފްނާންގެ ޕެއާ އާއި ޒަޔާން ޒަކީ އާއި އައިމިނަތު ޝަހުރުނާޒްގެ ޕެއާ އެވެ. މީގެ އިތުރުން ނުވަ އަހަރުން ދަށާއި 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށާއި 35 އަހަރުން މައްޗާއި 40 އަހަރުން މަތި އަދި 45 އަހަރުން މަތީގެ ފައިނަލަށް ކުޅުންތެރިން ވަނީ ހޮވިފަ އެވެ. ފައިނަލް މެޗުތައް މިއަދު ހަވީރާއި މިރޭ ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ