ފެއިލް ވެގެން މިއުޅެނީ މިސަރުކާރު ނޫންބާ: ސައީދު

ހަގީގަތުގައި ފެއިލް ވެގެން މިއުޅެނީ މިސަރުކާރު ނޫންތޯ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު އުފައްދައި ފާޑުކިޔައިފިއެވެ.
ސައީދުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވީ، އޭސީސީ ފެއިލް ވެއްޖެ ކަމަށް އެމްޑީޕީ މެމްބަރުން ބުނުމުންނެވެ. ހޮނިހިރު ދުވަހު އޭސީސީ "އޯކޭ" ވެފަ އާދީއްތަ ދުވަހު ގޯސް ވެއްޖެ ކަމަށާއި ޖުޑީޝަރީ ވެސް ރައީސް ނަޝީދުގެ ބަސް ވިކެންޏާ އިންސާފުވެރި ކަމަށް ބުނެ އެމްޑީޕީ މެމްބަރުންނަށް ސައީދު ވަނީ ބަހުގެ ހަމަލާ ފޮނުވާފައެވެ.
މީޑިޔާ ވެސް އެމްޑީޕީއާ އެއްކޮޅަށް ވާހަކަ ދައްކާނަމަ އެމީޑިޔާ އަކީ ވެސް ރަނގަޅު މީޑިޔާއެއް ކަމަށާއި އެހެން ނޫން ނަމަ ގޯސްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން އޭސީސީ ފެއިލް ވެއްޖެ ކަމަށް ބުނެ ޚާއްސަ އޮޑިޓެއް ހަދަން ފާސްކޮށްފައިވަނީ އޭސީސީ ގައި ހުރި މައްސަލަތަކަށް ވީނުވީ އެއް ނޭނގޭ ކަމަށް ބުނެއެވެ.
އެމްޑީޕީ ގިނަ މެމްބަރުން ވަނީ އޭސީސީ އާ ދެކޮޅަށް ވާހަކަ ދައްކައި، ފެއިލް ވެއްޖެ ކަމަށް ބުނެފައެވެ. އެގޮތުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އެންގުމަށް ތަބާ ނުވެއްޖެނަމަ އޭސީސީން ގާނޫނާ ޚިލާފު ވެފައިވާ ކަމަށެވެ.
ނަމަވެސް ކޮމިޓީގެ މުގައްރިރު މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ރަސްމީކޮށް އޭސީސީން އެންގުމަކާ ޚިލާފުވިކަން ކޮމިޓީއަށް އަންގާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ