އުނގޫފާރު ހޮސްޕިޓަލުގައި ހަދާ ސީޓީ ރޫމަށް ކަރަންޓު ލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދަނީ

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ  ސީޓީ ސްކޭން އަދި މެމޮގްރަފީ ރޫމަށް ކަރަންޓް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެހޮސްޕިޓަލުން އިއުލާނު ކޮށްފިއެވެ.މިކަމަށްއެދި ޔޫއާރުއެޗުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚުތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް މީޓިން ރޫމަށް ވަޑައިގެން ނަންނޯޓްކޮށް މަޢުލޫމާތު ސާފުކުރެއްވުމަށާއި އަދި މައުލޫމާތު ސާފުކުރެއްވި ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީހުގައި އަންދާސީ ހިސާބު ހުށައެޅުއްވުމަށެވެ.ނަންނޯޓް ކުރެއްވުން19 ޖުލައި 2020 ވާ އާދިއްތަ ދުވަހުން ފެށިގެން 20 ޖުލައި 2020 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00މައުލޫމާތު ދިނުން21 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ ހެދުނު 11:00އަންދާސީ ހިސާބު ހުށައެޅުއްވުން6 އޯގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:00 އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ހަތަރު އަތޮޅު، ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ރީޖަންގެ މައި ހޮސްޕިޓަލެވެ. އަދި ސަރުކާރުން ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރަމުންދާ ފަސް ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕިޓަލެވެ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީޓީ ސްކޭން ރޫމްގެ މަސައްކަތް ފަށައިފިސީޓީ ރޫމް ގެ މަސައްކަތް ނިންމުމަށް 20 ޖެނުއަރީ 2020 ގައި ހަވާލު ކޮށްފައިވަނީ އޮސްޓްރޮވީ ޕްރައިވެޓް ލިމިޓެޑް އާއިއެވެ. ނަމަވެސް ކަނޑައެޅި މުއްދަތުގައި އަދި އިތުރަށް ދެވުނު މުއްދަތުގައިވެސް މަސައްކަތް ނިންމާފައި ނުވާތީ އެފަރާތާއިއެކު ވެވިފައިވާ އެއްބަސްވުންބާތިލުކޮށް އެހެންބަޔަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. ޓެގްރ. އުނގޫފާރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ