ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފަރުވާ ދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ގާސިމް ދޫކޮށްލީ އިއްޔެގެ ވަގުތެއްގައި އެވެ. އެކަމަކު އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ގާސިމްގެ މެއަށާއި ބޮލަށް ތަދުވެ ނޭވާ ކުރުވާގޮތް ދިމާވެގެން މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިމަހުގެ 16 ވަނަ ދުވަހު މެންދުރު އެވެ. ހަމަ އެރޭ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އެއާޕޯޓަށް ދިޔަފަހުން ޕާސްޕޯޓު ހިފަހައްޓާފައި އޮވެގެން ނުފުރިގެންނެވެ.
ގާސިމަށް އެރެއިން ފެށިގެން ފަރުވާ ދެމުން ދިޔައީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ. އަދި ރާއްޖެއިން ހެދެން ނެތް ބައެއް ޓެސްޓުތައް ހެދުމަށް ބޭރަށް ދާން ކުރި މަސައްކަތް ވަނީ ދައުލަތުން ޕާސްޕޯޓު ދޫނުކު ރުމުން ކާމިޔާބު ނުވެފައި އެވެ.
ގާސިމް އިއްޔެ ހޮސްޕިޓަލުން ދޫކޮށްލިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލައިގެ ކުރީގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ގާސިމް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުންނެވެ.
ފަރުވާއަށް ފަހު ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ