ސަރުކާރު ވައްޓާލަން ކުލީ ސިފައިން ހޯދާ މައްސަލަ: ފުލުހުން ހިމޭނުން

ދިވެހި ސަރުކާރު ވައްޓާލަން ކުލީ ސިފައިން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ޑރ.އަބްދުﷲ ހަލީލު ވިދާޅުވި ވާހަކައާއި މެދު ތިން ދުވަސްވީ އިރު ވެސް ފުލުހުން ވަކި އެއްޗެއް ނުބުންޏެވެ.
ވީއެފްޕީން ވަނީ އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވޭތޯއާއި، ޑރ.ހަލީލު އެވިދާޅުވި ވާހަކަތައް ފުލުހުން ބަލާނެތޯ ސުވާލު ކޮށްފައެވެ. ނަމަވެސް ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އަހުމަދު ޝިފާން އެ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު މިހާރު ފޯނަށް ޖަވާބު ނުދެއްވައެވެ.
ސަރުކާރު ވައްޓާލަން ކުލީ ސިފައިން ހޯދަމުންދާ ކަމަށް ހަލީލު ވިދާޅުވީ މި މަހުގެ 26 ވަނަ ދުވަހު ކުރި ޓްވީޓެއްގައެވެ. ހަލީލު އެހެން ވިދާޅުވީ ސަރުކާރަށް ތާއީދު ނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރުންނަށް ގުޅުއްވައި އާދޭސް ދަންނަވަމުންދާ ކަމަށް ވިދާޅުވެއެވެ. Majlis thereyn sarukāru vattānulevijje nama kuly sifainge ehētherikan hoadhumah masakkai kurākamahvey! 3/3— Dr Abdullah Khaleel (@abkhaleel) August 26, 2017
ސަރުކާރު ވައްޓާލަން ކުލީ ސިފައިން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައްސަލާގައި ފުލުހުން ހިމޭނުން ތިބި އިރު ސަރުކާރު ވައްޓާލަން ގޮވި ކަމުގެ ތުހުމަތުގައި ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ