"ރައީސް ޔާމީން 2018" ކެމްޕޭނަށް މެނޭޖަރުން ތަމްރީނުކުރުމުގެ މަހާސިންތާ ރ.އަތޮޅުގެ 4 ރަށެއްގައި ބާއްވަން ނިންމައިފިއެވެ.
މަހާސިންތާތަކުގެ ތަރުޖަމާނު، އިބްރާހީމް މުޢާޛް ޢަލީ މިއަދު ވިދާޅުވީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހަށް ކުރިއަށް ގެންދާ މިމަހާސިންތާތައް ކުރިއަށް ގެންދާނީ ރ. އަތޮޅު، އަލިފުށި، ވާދޫ، އުނގޫފާރު އަދި އިނގުރައިދޫގައި ކަމަށެވެ. އަދި މިމަހާ ސިންތާތަކުގައި އަތޮޅުގެ ހުރިހައި ރަށަކުން 500 ވަރަކަށް މެންބަރުނ ބައިވެރިވާނެ ކަަމށެވެ.
މުޢާޛް ވިދާޅުވީ މަހާސިންތާތައް ރާއްޖެތެރޭގައި ބާއްވަމުން ދިއުމުން އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރާ ކަމަށެވެ. އެގޮތުން މަހާސިންތާތަކުގެ ބައިވެރިންނަށް މައުލޫމާތު ދެއްވުމަށް މިނިސްޓަރުން ރަށްރަށަށް ވަޑައިގަތުމުން ރަށްރަށުގައި ހުންނަ މައްސަލަތައް މިނިސްޓަރުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުން އެނގެން ބޭނުންވާ ގިނަ ކަންތައްތަކެއްވެސް އެނގިގެންދާ ކަމަށެވެ. މިފަހަރުގެ މަހާސިންތާގައި ސަރުކާރުގެ ކުންްފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މުޢާޛް ވިދާޅުވިއެވެ.
މާލޭގެ އިތުރުން މިމަހާސިންތާ މީގެ ކުރިން ބާއްވާފައިވަނީ ބ. އަތޮޅުގައެވެ. އެހެންކަމުން ރ. އަތޮޅު ވެގެންދާނީ މަހާސިންތާ ބާއްވާ ދެވަނަ އަތޮޅަށެވެ.
"ރައީސް ޔާމީން 2018" ކެމްޕޭނަށް މެނޭޖަރުން ތަމްރީނުކުރުމުގެ މަހާސިންތާ ރ.އަތޮޅުގަ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ