ރައީސް ޔާމީން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް، ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ ތަޙްޤީޤު ކުރުމަށް އިސްކަން ނުދިނުމަށް ބުނެ ފޯނަށް މެސެޖު ކޮށްފައިކަމަށް އަލްޖަޒީރާ އިން މިއަދު އާންމު ކުރި "ސްޓީލިން ޕެރަޑައިސް" ގައި ވަނީ ބުނެފައެވެ. ނަމަވެސް ރިޕޯޓް އާންމު ކުރިތާ އިރުކޮޅެއްގެ ތެރޭގައި، އުމަރު ނަސީރު ވަނީ މިކަން ދޮގު ކޮށް ޓްވީޓް އެއް ކޮށްފައެވެ.
" ރިލްވާން މައްސަލަ އާއި ގުޅޭ އެއްވެސް މެސެޖެއް ރައީސް ޔާމީންގެ ފަރާތުން ލިބިފައެއް ނުވޭ. އަދި އަލްޖަޒީރާ އަށް ވެސް އެފަދަ މެސެޖެއް ލިބިފައި ނުވާނެ ކަމުގެ ފުރިހަމަ 100 ޕަސެންޓު ޔަގީންކަން އެބައޮތް" ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރިލްވާން ގެއްލުނުތާ މިހާރު ދެއަހަރަށް ވުރެވެސް ގިނަ ދުވަސް ވަނީ ވެފައެވެ. ނަމަވެސް އޭނާ ހޯދުމަށް ކުރާ މަސައްކަތައް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ރިލްވާންގެ އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި އޭނާ ހޯދުމަށް ސަރުކާރުން އެކަށީގެންވާ އިސްކަމެއް ދީފައެއް ނުވެއެވެ.
"ރިލްވާން ގެއްލުމުގެ މައްސަލަ ތަޙްޤީޤު ނުކުރުމަށް ރައީސް ޔާމީންގެ ފަރާތުން މެސެޖެއް ނުލިބޭ" - އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ