މިވަގުތު އޭޝިޔާގައި ހުރި އެންމެ ވިޝަނަރީ ލީޑަރަކީ ރައީސް އަބްދުﷲ ޔާމީންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ، "ޕީޕީއެމް ހޮވަމާ" ގެ ނަމުގައި މިރޭ އިންޑަސްޓްރިއަލް ވިލޭޖްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކޯލިޝަން ހެދުމާއި، ކޯލިޝަން އިން ކެންޑިޑޭޓުން ނެރުމާއި، ކޯލިޝަން އިން ގައުމު ހިންގަން ފެށުމުން އެއްވެސް ކާމިޔާބެއް ލިބިފައި އެބައޮތްތޯ މިނިސްޓަރ ސައީދު ވަނީ ސުވާލު އުފައްދާފައެވެ.
"ގައުމެއްގެ އަތުގަ ނުވަތަ ގައުމެއްގަ ނަސީބު އައިސް ހުށަހެޅުނީމަ ﷲ މީންވަރުފުޅުން އެކަން އަޅުގަނޑުމެން ޖެހޭނެ ބަލައިގަންނަން. އެކަން ޖެހޭނެ އަޅުގަނޑުމެން ގަބޫލުކުރަން. މިއަދު އިދިކޮޅު އިއްތިހާދުކަމަށް ވާދަކުރާ ފާރާތްތަކަށް އަޅުގަނޑުމެން ހަމަޖައްސަ ދީފާނަން ސީޕްލޭންއެއް އަރުއްވާ 16 ބޭފުޅުން، ނުވަ ބޭފުޅުން، ބޭނުންވަރަކަށް އަރުއްވާ. ހއ. ތުރާކުރުނުން އައްޑޫ ސިޓީއަށް ދަތުރުކޮށްލަދޭން. ފްލައިޓް ދަތުރުކުރަމުންދާ އުސްމިނުގަ ދިވެހިރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އުތުރުން ދެކުނަށް، އިރުން ހުޅަނގަށް ދަތުރުކޮށްލަ ދެއްވާ. އެއްވެސް ރަށެއް އެބަ އޮތްތޯ އުމްރާނީ ތަރައްގީގެ ކަމެއް ނުހިނގާ" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ، ބޮޑެތި މަޝްރޫއުތައް ކުރިއަށް ނުދާ އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި މިއަށްވުރެ ކާމިޔާބުވީ ދުވަސްވަރެއް ނެތް ކަމަށެވެ.
"ދިވެހި ރާއްޖޭގެ ތާރީހް ބަދަލުކޮށްލާނެ ބިޔަ ބޮޑެތި މަޝްރުއުތައް ކުރިއަށް ގެންދެވޭ ވަގުތެއް ހާލަތެއް މިނޫނީ ކޮންދުވަހަކުތޯ ފެނިފަ އޮތީ. އަޅުގަނޑު ދަންނަވާނީ މިވަގުތު އޭޝިޔާގައި ހުރި އެންމެ ވިޝަނަރީ ލީޑަރަކީ ރައީސް ޔާމީނޭ. މިއީ އެއްގޮތަކަށްވެސް އެމަނިކުފާނަށް ހުޝާމަތު ކުރުމަށް ދަންނަވާ ބަހެއް ނޫން. މިއަދު ދިވެހިރާއްޖެއަށް ލިބިފައިވާ ނަސީބަކީ އިހްލާސްތެރި ކެރޭ ވިޝަނަރީ ލީޑަރެއް ލިބިފައި ވުން. މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
އޭޝިޔާގައި ހުރި އެންމެ ވިޝަނަރީ ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން - މިނިސްޓަރ ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ