ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތީ ޒަމާނުއްސުރެ އޮތް އެންމެ ގާތް ގުޅުން: ރައީސް މައުމޫން

ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވަނީ ދެ ގައުމެއްގެ ދޭތެރޭ އޮންނާނެ އެންމެ ގާތް ގުޅުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މި މަހުގެ 5 އިން 7 އަށް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި ފޮނުއްވި ސިޓީފުޅެއްގައި ކަމަށް ރައީސް މައުމޫންގެ އޮފީހުން ބުންޏެވެ.
ރައީސް މައުމޫން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އެމަނިކުފާނު ހުންނަވައިގެން ދެ ގައުމުގެ ދޭތެރޭ އުފެދިފައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރައްވައި ގާތް ގުޅުމެއް ގާއިމްކުރުމަށް މަސައްކަތް ކުރައްވައި އަދި އެކަން އެގޮތަށް ކުރެވިފައިވާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.
"ރާއްޖޭގައި ވެރިކަން ކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާގައި ދެބޭފުޅުން ބައްދަލުކުރައްވައި އެއްބަސްވެވަޑައިގެންފައިވާ ގޮތަށް ދެ ގައުމުގެ ދޭތެރޭ ގާއިމުވެފައި މިވާ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައި،" ރައީސް މައުމޫންގެ އޮފީހުން ބުންޏެވެ.
ރައީސް މައުމޫނާއި ބޮޑުވަޒީރު މޯދީ ބައްދަލުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ