އަދީބަށްވެސް އިހުސާންތެރިވުމަށް އަބްދުﷲ ރިޔާޒު ގޮވާލައިފި

ދިގު މުއްދަތެއްގެ ޖަލު ހުކުމްތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލަތާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އަދީބާއިމެދުވެސް އިހުސާންތެރިވުމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒު ގޮވާލައްވައިފިއެވެ.
ރިޔާޒު މިކަމަށް ގޮވާލެއްވީ ބޭސްފަރުވާއަށް އަދީބް ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީން ގޮވާލާފައިވާ ގޮވާލުމާއި ގުޅިގެން "ވީނިއުސް"ގައި ޝާއިއުކުރި ޚަބަރާއިއެކު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ކިނިބިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ އަބުދުﷲ ރިޔާޒު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ ރާއްޖޭގައި ދެވެން ނެތް ފަރުވާއެއް ދޭންޖެހޭނަމަ ރާއްޖެއިން ބޭރަށް ފޮނުވައިގެންވެސް ފަރުވާ ދޭންޖެހޭނެކަމަށެވެ.
އަދި އަދީބަށްވެސް އިހުސާބްތެރިވުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާކަމަށް ރިޔާޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ