ލ.މާވަށު ރައްޔިތުން ތަރައްޤީ ބަލައިގެންފި- ކައުންސިލްގެ ރައީސް

ރައީސުލްހުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ޒައާމަތުގައި ހައްދުންމަތީ މާވަށަށް އައިސްފައިވާ ކުރިއެރުމާ، ތަރައްޤީ އެރަށުގެ ރައްޔިތުން ބަލައިގެންފި ކަމަށް މާވަށު ކައުންސިލް ރައީސް އަހުމަދު މޫސާ ވިދާޅުވެއްޖެއެވެ.ރައީސް ޔާމީންގެ ޒައާމަތުގައި ހައްދުންމަތީ މާވަށަށް ގެނެސްދީފައިވާ ކުރިއެރުމާ ގުޅޭ ގޮތުން ޗެނަލް13 އަށް މަޢުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވިދާޅުވީ ރައީސް ޔާމީން މާވަށަށް ގެނެސްދެއްވި ތަރައްޤީ އެރަށަށް ބަލާލި ކޮންމެ ދިމާލަކުން ފެންނަން އެބަހުރި ކަމަށެވެ.އެގޮތުން އެމަނިކުފާނު އިސްލާމް ދީނަށް ދެއްވާ އަހަމިއްޔަތު ކަމުގެ ތެރެއިން ރަށުގެ ރައްޔިތުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ މިސްކިތެއް ޤާއިމް ކޮށްދެއްވާފައި ވާކަމަށް ވިދާޅުވިއެވެ. އަދި 24 ގަޑިއިރު ކަރަންޓް ޔަޤީންކޮށްދެއްވުމާ، ނަރުދަމާ ނިޒާމުގެ މަސައްކަތްވެސް ހަލުވި ކަމާއެކުގައި ކުރިއަށް ދާކަމަށެވެ. ކުނި ނައްތާލުމަށް ބޮޑު އިމާރާތެއް ޤާއިމް ކޮށް، އެތަނަށް ބޭނުންވާ މުހިއްމު މެޝިނަރީސް ތަކާއި ވަސީލަތްތައް ގެންގޮސްފައި ވާކަމަށްވެސް އަހުމަދު މޫސާ ވިދާޅުވިއެވެ. އަދި މީގެއިތުރުންވެސް މުހިންމު މަޝްރޫއުތަކެއް އެރަށުގައި ނިންމަމުން ދާކަން އަހުމަދު މޫސާ ފާހަގަ ކުރެއްވިއެވެ.ރައީސް ޔާމީންގެ ޒައާމަތުގައި ޒުވާނުންނަސް ހާއްސަ ކުރެވިގެން ސްޕޯޓްސް އެރީނާގެ ދަށުން ކޮންމެ ރަށެއްގައިވެސް މުހިއްމު މަޝްރޫއު ތަކެއް ހިންގާފައިވެއެވެ. މާވަށުގައި ޒުވާނުންނަށް އަމާޒު ކުރެވިގެން ހިންގާފައިވާ އެ މަޝްރޫއުތަކާ ގުޅޭގޮތުން އަހުމަދު މޫސާ ވިދާޅުވީ އެރަށުގައި މި ސަރުކާރުން ޤާއިމް ކޮށްފައިވާ ފުޓްސަލް ދަނޑު ނިމި، އެހެނިހެން އިތުރު ކުޅިވަރުތަކަށް ކޯޓްތައް ޤާއިމް ކުރެވިފައި ވާކަމަށެވެ. އެހެންކަމުން މާވަށުގެ ޒުވާނުން އެކަމާ އުފާކުރާ ކަމަށާ، ދެވަނަ ދައުރަކަށް ރައީސް ޔާމީން އަށް ފުރުސަތު ދިނުމަކީ މުހިއްމު ކަމެއް ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ."ރައީސް ޔާމީން އަކީ ތަރައްޤީގެ ބުރޭންޑެއް. މުޅި މާވަށު ރައްޔިތުންވެސް މިތިބީ އުފަލުން ހެވިފައި. އިރާދަކުރެއްވިއްޔާ ދެން އަންނަ ދައުރަކަށްވެސް ރައީސް ޔާމީން ހޮވާނީ މާވަށު ރައްޔިތުންގެ 90 އިންސައްތަ ވޯޓާއެކުގައި" ކައުންސިލް ރައީސް ވިދާޅުވިއެވެ.އާބާދީގައި ދެހާހެއްހާ މީހުން ދިރިއުޅޭ މާވަށުގެ ރައްޔިތުން ތިބީ ފާއިތުވެ ދިޔަ 4 އަހަރުގެ ތެރޭގައި އެރަށަށް އައިސްފައިވާ ކުރިއެރުމާ، ތަރައްޤީ ފެނި އުފަލުން ހެވިފައެވެ. ރައީސް ޔާމީން ކޮންމެ ރަށަކަށްވެސް ކުރިއެރުން ގެނެސްދެއްވަނީ ވަކި ރަށެއް ތަފާތު ނުކޮށެވެ. ޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއިއެކު، ރަށުގައި ތިބެގެން މުހިއްމު ކަންތައްތައް ކުރެވޭނެ އިންތިޒާމު މި ސަރުކާރުން ވަނީ ފަހި ކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ