ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް އުމަރު ނަސީރު ރޭ ޖަލްސާ ބޭއްވި މައްސަލަ އާއި އެ
ޖަލްސާގައި ޕާޓީ އާއި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ރައްދުކޮށް ހަގީގަތާ ހިލާފު ވާހަކަ
ދައްކަވާފައިވާތީ އޭނާ މާފަށް އެދިވަޑައިގަންނަން ޖެހޭނެ ކަމަށް ޕާޓީގެ ކައުންސިލުން ނިންމި ނަމަވެސް އުމަރު އެކަމެއް ނުކުރެއްވި އެވެ.ޕީޕީއެމްގެ ކައުންސިލުން މިއަދު ނިންމީ، މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާ ފެށުމުގެ ކުރިން އުމަރު މާފަށް އެދެން ޖެހޭނެ ކަމަށެވެ. އަދި މާފަށް އެދިވަޑައިނުގެންފި ނަމަ އޭނާއާ މެދު އިތުރު ފިޔަވަޅު އަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މި މައްސަލާގައި އުމަރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި މިރޭ އުމަރު ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށް "ހަވީރަ"ށް ވަނީ އެނގިފަ އެވެ. ރޭ އުމަރު ޖަލްސާ ބޭއްވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާއާ ހިލާފަށް ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވެފަައިވެ އެވެ. އެ މާއްދާގައި ބުނާ ގޮތުން ޕްރައިމަރީ އަށް ފަހު ޕާޓީގެ މެމްބަރުން ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރަން ޖެހެ އެވެ.
އުމަރު މާފަށް އެދިވަޑައެއްނުގަތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ