މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަނީ

ކ.އަތޮޅު އޮޅުހަަލީގައި ތަރައްގީކުރަމުން އަންނަ ރިސޯޓެއްގެ މަސައްކަތެއް ކުރުމަށް މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އެ ފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 20:25 ހާއިރު ކަމަށެވެ. އަދި މިހާރު ކޯސްޓްގާޑުން އޭނާ ހޯދުމުގެ މަސައްކަތް ކުރަންމުންދާ ކަމަށެވެ. ބިދެސީ މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަަމެއް އަދިވަނީ ސާފުވާ ގޮތް ނުވެފައެވެ. މޫދަށް އެރިއުޅުނު ބިދޭސީއަކު ގެއްލިގެން ހޯދާއިރު ހުޅުމާލޭ ފަތާ ޓްރެކްގައި މޫދަށް އެރިއުޅެނިކޮށް ގެނބިގެން ހާލު ސީރިއަސްވި ދިވެއްސަކު ވަނީ މިރޭ މަރުވެފައެވެ. އަދި ހުކުރު ދުވަހު މޫދަށް އެރި އުޅެނިކޮށް އައްޑޫ ސިޓީން ގެއްލުނު ދެ ކުޑަކުދިން ހޯދުމުގެ މަސައްކަތްވެސް ސިފައިން ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ