އައްޑު ސިޓީ ހިތަދޫއިން ކަރަންޓު ކަނޑާލައިފި

އައްޑޫ ސިޓީގެ ހިތަދޫގެ ބޮޑު ބަޔަކުން ކަރަންޓުގެ ޚިދުމަތް ކަނޑާލައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާދީއްތަ ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާ ހިމެނޭ ސަރަޙައްދުން ކަރަންޓު ކަނޑާލާފައިވަނީ، އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ޖަނަރޭޓަރުތަކަށް ލޯޑު ބޮޑުވެގެން ލޯޑު ކުޑަ ކުރުމަށެވެ.
މި އަހަރު ފެށުނީއްސުރެ އައްޑޫ ސިޓީގެ ޖަނަރޭޓަރުތަކަށް ލޯޑު ކުޑަކުރުމަށް، ލޯޑު މަތިވާ ވަގުތު ތަކުގައި އައްޑޫގެ އެކި ހިސާބުތަކުން ދަނީ ކަރަންޓުގެ ޚިދުމަތް މެދުކަނޑަމުންނެވެ. އައްޑޫ ސިޓީގެ ބައެއް ރައްޔިތުން މަޢުލޫމާތު ދިން ގޮތުގައި މިގޮތަށް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާއިރު، އާންމުކޮށް ޚިދުމަތް މެދުކަނޑާލަނީ ފަހަރަކު ސަރަޙައްދަކުން އެއް ގަޑިއިރުގެ ވަގުތަކަށެވެ.
އައްޑޫ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ދެމުންދަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ