މިސް ވޯލްޑް 2018 ހޮވުމަށް ޗައިނާގެ ހައިނާންގައި ހޮނިހިރުދުވަހު ބޭއްވި ހަފްލާގައި ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު މެކްސިކޯގެ މޮޑެލް، އަދި ވޮލަންޓިއަރަކާއި ހަވާލުކޮށްފިއެވެ.
މިއަހަރުގެ ރީތީގެ ރާނީ ކަމުގެ ތާޖު އަޅުވާފައިވަނީ މެކްސިކޯގެ ރީތީގެ ރާނީ ވެނެސާ ޕޮންސޭ ދި ލިއޯން ބޮލުގައެވެ.
އޭނާގެ ބޮލުގައި މި ތާޖު އަޅުވައިދިނީ މިދިޔަ އަހަރުގެ މިސް ވޯލްޑް އިންޑިއާގެ މަނޫޝީ ޗިއްލާާ އެވެ.
މިއަހަރުގެ ދުނިޔޭގެ ރީތީގެ ރާނީ ކަމަށް ހޮވުނު ވެނެސާ އަކީ 26 އަހަރުގެ ޒުވާން ވޮލަންޓިއަރެކެވެ. އަދި އޭނާ އަކީ އަންހެން ކުދިންނަށް ހާއްސަ ރިހެބް ސެންޓަރެއްގެ ބޯޑު މެންބަރެކެވެ.
ދުނިޔޭގެ 68ވަނަ ރީތީގެ ރާާނީ ވެނެސާ އަކީ އިންޓަނޭޝަނަލް ބިޒްނަސް އިން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެކެވެ.
ހައިނާންގެ ސަންޔާގައި ބޭއްވި ކުލަ ގަދަ މިސްވޯލްޑް ހަފްލާގައި ވެނެސާ އާއި ވާާދަކޮށް ރަނަރަޕްކަން ހޯދީ ތައިލެންޑްގެ ރީތީގެ ރާނީ ނިކޮލިން ޕިޗާޕާ ލިމްސްނުކަން އެވެ.
އުމުރުން 20 އަހަރުގެ ނިކޮލިނީ އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކިޔަވަމުން އަންނަ ފަރާތެކެވެ.
ރީތީންގެ ރާނީންގެ ފައިނަލް ފަހެއްގައި ހިމެނުނު އަނެއް ތިން ބައިވެރިންނަކީ މިސް ބެލަރުސް މާރިއާާ ވަސިލްވެޗް އާއި މިސް ޖެމެއިކާ ހަދީޖާ ރޮބިންސަން އާއި މިސް ޔުގަންޑާ ކުއިން އަބެނަކްޔޯ އެވެ.
މިއީ ސަންޔާގައި މިސް ވޯލްޑް މުބާރާތް ބޭއްވި އަށްވަނަ ފަހަރެވެ. އެންމެ ފުރަތަމަ ސަންޔާގައި މި މުބާރާތް ބޭއްވީ 2003 ވަނަ އަހަރެވެ.
މިސްވޯލްޑް 2018 ގެ ތާޖު މިފަހަރު މެކްސިކޯގެ ރީތީގެ ރާނީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ