މައްޗަންގޯޅި މެދު ދާއިރާގެ ޓިކެޓް ބޮޑުތަފާތަކުން ރައީސް ނަޝީދަށް!

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި މާލެސިޓީގެ މައްޗަންގޯޅި މެދު ދާއިރާގެ ޕްރައިމަރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ.
ރައީސް ނަޝީދު ޕްރައިމަރީ ކާމިޔާބު ކުރައްވާ ޓިކެޓް ހާސިލްކުރެއްވީ ބޮޑު ތަފާތަކުންނެވެ.
މި ޕްރައިމަރީގައި ރައީސް ނަޝީދާއި ދެކޮޅަށް ވާދަކުރައްވާފައިވަނީ އާޝިޔަތު އަލައިކާ އަދުނާނެެވެ.
މިއަދުގެ ޕްރައިމަރީގައި 267 ވޯޓު ނަޝީދު ހޯއްދެވިއިރު އެމަނިކުފާނާ ވާދަކުރެއްވި އާޝިޔަތު އަލައިކާ އަދުނާނަށް ލިބިވަޑައިގަތީ 52 ވޯޓެވެ.
ރައީސް ނަޝީދު މި ޕްރައިމަރީ ކާމިޔާބު ކުރެއްވުމާއި އެކު ގިނަ ފަރާތްތަކުން ދަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ