އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދޭން ރައްޔިތުން ބޭނުންވޭ: ރައީސް ނަޝީދު

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދޭން ރައްޔިތުން ބޭނުންވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ނިކުމެ މިތިބީ ވަކިކަންތައްތަކެއް ވަކިގޮަތަކަށް ކުރުމަށް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ހާލުގެ ދުލުން އެދޭ ކަންތައްތައް އެޕާޓީއަށް އެނގޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ހަފްލާގައި އެމަނިކުފާނު ވަނީ ރާއްޖޭގައި އިސްލާމްދީން ދަމަހައްޓަން ޖެހޭނެކަމަށް ފާހަގަކުރައްވާފައެވެ.
"ރާއްޖޭގެ ރައްޔިތުން އުންމީދުކުރަނީ މުޅިން އެހެން ގައުމިއްޔަތެއް. އިސްލާމްދީން ދެމެހެއްޓުމާއި އިންސާނީ ހައްގުތައް ކަށަވަރުވުމަށް"، ރައީސް ނަޝީދު ވިދާޅުވިއެވެ.
މިސަރުކާރަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް އައީ އެމްޑީޕީގެ ތިންވަނަ މެނިފެސްޓޯ ތަންފީޒުކުރުމަށް ކަމަށާއި، މި ވެރިކަން އުފެދިގެން އައި ހަަމައެކަނި ބޭނުމަކީ ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތްކުުރުން ކަމަށެވެ.
މިރޭގެ ހަފްލާގައި މައްޗަންގޯޅި މެދު ދާއިރާގެ މަޖިލިސް ޓިކެޓް ލިބިވަޑައިގެންނެވި ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް ނަވާރަ އަކީ ރައްޔިތުން އުންމީދުކުރާ މަޖިލިސް ކަމުގައެވެ. އެގޮތުން އެ މަޖިލީހަކީ ސިއްރުވެރިނުވާނެ، ވައްކަން ނުކުރާނެ މަޖިލިސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ