ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކަށް ޕީޕީއެމް އިން މަރުޙަބާ ނުދަންނަވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ވަގުތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު މިހެން ވިދާޅުވީ މޫސާ މަނިކު ޕީޕީއެމް އަށް ސޮއި ކުރެއްވުމަށް ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށެވެ.
ޕީޕީއެމް އިން ރީކޯ މޫސަ އަށް މަރުޙަބާ ނުދަންނަވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އިސްވެރިންނަށް އެމަނިކުފާނު ފޮނުއްވެވި މެސެޖެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މޫސަ ޕީޕީއެމް އަށް ގެންދިއުމަށް އެންމެ ބޮޑަށް ވަކާލަތު ކުރެއްވީ ޓްއަރިޒަމް މިނިސްޓަރ އަހްމަދު އަދީބް އެވެ.
ޕީޕީއެމް އިން މޫސަ އަށް މަރުޙަބާ ނުދަންނަވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައި މިވަނީ މޫސަ ޕީޕީއެމް އަށް ސޮއި ކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވުމަށް ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށެވެ.
މޫސަ އަށް މަރުޙަބާ ނުދަންނަވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އިރު ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު މޫސަ އަށް އަނިޔާކުރެއްވި ކަމަށް ބުނެ މޫސަ ދައްކަވަމުން ގެންދަވާ ވާހަކަފުޅުތައް ކުއްވެރިކުރަށްވާ ޕީޕީއެމް އިން ފާއިތުވި ހަފްތާގައި ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
އެބަޔާނުގައި ޕީޕީއެމް އިން ބުނެފައި ވަނީ މައުމޫންގެ “އިސްތަށިފުޅުގައި ބަދުނާމު އެޅުވުމަށްޓަކައި ރީކޯ މޫސަ ކުރަމުން ގެންދާ ޒިންމާދާރުކަން ކުޑަ ހުތުރު މަސައްކަތްތައް” ޕީޕީއެމްގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މޫސަ އަށް މަރުޙަބާ ނުދަންނަވާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ