ދަށު ކޯޓުގެ ހުކުމަކީ ނުކުރާ ދައުވާއަކަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި ހައި ކޯޓުން ހުކުމް ބާތިލްކޮށްފި

ދި ކްލިނިކް ހިންގާ އިމާރާތުގައި އެ ގޭގެ ވެރިފަރާތުން ތަޅުއެޅުވުމުން އެ ކްލިނިކުގެ ފަރާތުން މަދަނީ ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މައްސަލައިގައި ހުކުމްކޮށްފައި ވަނީ ނުކުރާ ދައުވާއަކަށް ކަމަށް ކަނޑައަޅައި އެ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ދި ކްލިނިކް ހިންގާ ކުންފުނި ކަމަށްވާ ރަންއަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ދައުވާގައި އެދިފައި ވަނީ، ކުލި ބޮޑު ނުކުރެވޭނެ ކަމަށާއި ތަން ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަށް ގޭގެ ވެރިފަރާތް މ. ނިމްސާ އާމިނަތު ދީދީ އަށް އެންގުމަށް ކަމަށެވެ. ނަމަވެސް މަދަނީ ކޯޓުން ހުކުމްކޮށްފައި ވަނީ އެއްބަސްވުން ބާތިލްވެއްޖެ ކަމަށާއި ތަން ހުސްކޮށް ވެރިފަރާތާ ހަވާލު ކުރުމަށާއި ކުލި ގަވާއިދުން ދެއްކުމަށާއި ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތްކަން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
"... ]މަދަނީ ކޯޓުން[ ކުރައްވާފައިވާ ހުކުމަކީ ނުކުރާ ދައުވާއަކަށް ކުރައްވާފައިވާ ހުކުމެއްކަން އެނގެން އޮންނާތީ މަދަނީ ކޯޓުގެ ނަންބަރު --- ގަޒިއްޔާގައި ކުރައްވާފައިވާ ހުކުމް މި މައްސަލަ ދިވެހިރާއްޖޭގެ ހައި ކޯޓުން ބެލި މަޖިލީހުގެ އިއްތިފާގުން ބާތިލްކޮށްފީމެވެ،" އެ ހުކުމުގައިވެ އެވެ.
މަދަނީ ކޯޓުން ފެބްރުއަރީ ،28 2010 ގައި އެގޮތަށް ހުކުމް ކުރި ފަހުން ދި ކްލިނިކް ހިންގުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ