ސަން ސިޔާމް ވިލުރީފް ރިސޯޓަށް 43 ފަހަރު އައި ޓޫރިސްޓެއް

ރާއްޖެއަށް ކިތަންމެ ގިނަ ދުވަހު މި މީހުން އައި ނަމަވެސް މި މީހުންގެ އަގު ގައުމީ ފެންވަރުގައި ވަޒަން ކުރެވޭނެ އުސޫލެއް ނޯވެ އެވެ. އެކަމެއް މިހާތަނަށް ނުކުރެ އެވެ.
ސަން ސިޔާމް ވިލުރީފް ރިސޯޓަށް 43 ފަހަރު އައި ޓޫރިސްޓެއްގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ރިސޯޓުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 
ސަން ސިޔާމް ވިލުރީފް ރިސޯޓުން ވަނީ، މިހާރު އުމުރުން 80 އިގެ އަހަރުތައް ގުނަމުން ގެންދާ މި އަންހެން ޓޫރިސްޓުގެ 43 ވަނަ ޒިޔާރަތް ފާހަގަ ކޮށްފަ އެވެ. -- އެކަމަކު މި އަންހެން މީހާއަކީ ކޮން ގައުމެއްގެ ކާކުކަން ސާފެއް ނުވެ އެވެ.ރިސޯޓުގެ މުވައްޒަފުން ކިޔާ ގޮތުންނަމަ "މާމަ" އަށް މަރުހަބާ ކިޔަން ބޭއްވި ރަސްމިއްޔާތަށް އެ ރަށަށް މި ޓޫރިސްޓު އައިއިރު ހުރީ ބޯވަޅު އެޅި ދިވެހި ލިބާހެއް ލާފަ އެވެ. މި ޓޫރިސްޓުގެ 43 ވަނަ ޒިޔާރަތް ފާހަގަ ކުރިއިރު އެ އަންހެން މީހާ އެންމެ ފުރަތަމަ އެ ރިސޯޓަށް ގޮސްފައި ވަނީ ހަށިގަނޑުގައި ވަރު ހުރި ދުވަސްވަރު އެވެ. 
ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރުގެ ތަރީހުގައި ރާއްޖެއަކީ ރިޕީޓާސް ގިނަ މަންޒިލެކެވެ. ހާއްސަކޮށް ޔޫރަޕުގައި ރާއްޖެއަށް ތުއްތުއިރުން ފެށިގެން އަންނަ ގިނަ ބަޔަކު އެބަތިއްބެވެ. މީގެ ގިނަ މީހުން އާއްމުކޮށް އަންނަނީ އެމީހުން އަންނަ އެއް ރިސޯޓަކަށެވެ. ބައެއް މީހުން އަންނަނީ އެމީހުންގެ ފުރަތަމަ ޒިޔާރަތުގައި ހިދުމަތްދޭ ހުންނަ ދިވެހި މުވައްޒަފުގެ ހިދުމަތް ފާހަގަ ކުރެވިގެންނެވެ. ބައެއް ޓޫރިސްޓުން އެ މުވައްޒަފަކު ބަދަލުވާ ރަށަކަށް އެމީހުންގެ ޗުއްޓީ ބަދަލުކޮށްލަ އެވެ.  
ރާއްޖެ އަންނަ ބައެއް ޓޫރިސްޓުން ދިވެހިން ރާއްޖެ ދެކެ ލޯބިވާ ވަރަށްވުރެ ބޮޑަށް މި ގައުމަށް ލޯބިވާ ކަމަށް ވެ އެވެ. ނަމަވެސް ކިތަންމެ ގިނަ ދުވަހު މި މީހުން އައިނަމަވެސް މި މީހުންގެ އަގު ގައުމީ ފެންވަރުގައި ވަޒަން ކުރެވޭނެ އުސޫލެއް ނޯވެ އެވެ. އަދި މިހާތަނަށް އެކަމެއް ނުކުރެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ