އުރީދޫ އީއޭއެފްސީ ސީރީޒް ވަންގެ ފައިނަލް މެޗް މިރޭ

އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން ވަންގެ ފައިނަލް މިރޭ ބާއްވާ ގޮތަށް ނިންމައިފިއެވެ.
މި މަހުގެ 20 ވަނަ ދުވަހު ފެށި މި މުބާރާތުގެ ސީރީޒް ވަންގެ ފައިނަލް މެޗު މިރޭ އޮންނާނީ އުރީދު ހެޑްކުއާޓާސްގައެވެ.
ފައިނަލްގައި ކުޅެވިގެންދާނީ ރައުންޑް ރޮބިން ސްޓައިލަށް ތިން ކުޅުންތެރިންގެ މެދުގައެވެ. މި މުބާރާތަށް 15000 ރ ގެ އިނާމެއް ހުށައަޅާފައިވާއިރު އެއްވަނަ ލިބޭ ކުޅުންތެރިޔާ އަށް 8000ރ، ދެވަނައަށް 4500ރ އަދި ތިން ވަނައަށް 2500ރ ލިބޭނެއެވެ.
ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވާކު، އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ. އަދި މިއަހަރު "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށްވެސް ހުޅުވާލެވޭނެއެވެ.
"އަލްޓިމޭޓް ޕްލޭޔާ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެއެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ