ރާއްޖޭގެ ދަރަންޏާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރާއި ނަޝީދު މަޝްވަރާކުރައްވައިފި ބިން ހިއްކުމަށް ކޮށްފައިވާ ޕްލޭންތަކާމެދު އަލުން ވިސްނަންޖެހޭ: ރައީސް ނަޝީދު އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފި ރައީސް ނަޝީދުގެ މައްސަލައިގައި ހުކުމް އިއްވުން މި

ދިވެހިރާއްޖޭގެ ދަރަނި އޮތީ ނުރައްކާތެރި ހިސާބެއްގައިކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ހުކުރު ދުވަހު ދަ ޑިމޮކްރެޓްސް އިން ވިލިގިލީގައި ބޭއްވި ކެމްޕޭނު ހަރަކާތެއްގައި ވާހަކަަދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމާއި އަޅައިބަލާއިރު 117 ޕަސަންޓަށްވުރެ މައްޗަށް ގޮސްފައިވާކަމަށެވެ. އެއީ ބައިނަލް އަގުވާމީ މާލީ ޖަމިއްޔާތަކުން ރެކޮމަންޑު ކުރާ މިންވަރަށްވުރެ މާ މަތީ މިންވަރެއްކަމަށް ވެސް ނަޝީދު ވިދާޅިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން 19 ވަނަ މަޖިލީހަށް ކެންޕޭނުކުރިއިރު ރާއްޖޭގެ ދަރަނި ރީ ސްޓްރަކްޗާ ކުރަނެކަމަށް ބުނި ނަމަވެސް, އެކަން ކޮށްފައިނުވަކަމަށެވެ. ނަމަވެސް އެގެ ބަދަލުގައި ރާއްޖޭގެ ދަރަނި އަދާކުރުމަށް އެމްޑީޕީން ދަރަނި އިތުރަށް ނެގިކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ