ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާއީދު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށްވެސް ނާކާމިޔާބުވެއްޖެއެވެ.
ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްގެ ތާއީދާއެކު ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔައިރު ރައީސް ޔާމީން ހުންނެވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ދިނުމާއި މަނީލޯންޑަރިިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށްގެން 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމިންއަށް އިއްވާފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހެވެ. ނަމަވެސް ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބާތިލްކޮށްފައެވެ. އެއާއެކު އެމަނިކުފާނު މިހާރު ވަނީ މިނިވަންވެވަޑައިގެންފައެވެ.
މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމްގައި ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް އެ މައްސަލައިގައި ހިމެނޭ ހަސްމުންނަށް ފުރުސަތު ދެވިފައި ނުވަނީ ބޭއިންސާފުން ކަން ފާހަގަކޮށް އެފުރުސަތު ދިނުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއިން ފައިސާ ލިބިވަޑައިގަތް ކަމަށް ޔާމީންގެ މާލީ ބަޔާނުގައި އޮތް އޮތުމަކީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ދަށު ކޯޓުން ކަނޑައެޅީ ވެސް ގޯސް ކަމަށް ހުކުމުގައިވެއެވެ.
މިނިވަންވެ ވަޑައިގެން ރައީސް ޔާމީން ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު ނަޒްރާ ނަސީމް (ނަޒޫ) އާއި އެމްޑީޕީގެ ފުވައްމުލަކު އުތުރު ދާއިރާގެ މުހައްމަދު ޝަރަފުއްދީންގެ އިތުރުން ކެލާ ދާއިރާއަށް ވާދަކުރި އެމްޑީޕީ ކެންޑިޑޭޓް އަހްމަދު ގާލިބަށް ތާއީދުކުރަށްވާކަން އިއުލާންކުރައްވާފައެވެ.
އެ ދާއިރާތަކުގެ ގޮނޑިތައް ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
ޔާމީން ތާއީދު ކުރި ކެންޑިޑޭޓުން ނުހޮވޭ، ފަހު ވަގުތު ތާއީދުކުރި އެމްޑީޕީ ކެންޑިޑޭޓުންނަށް ވެސް ވީ ނާކާމިޔާބު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ