ޔުނައިޓެޑާއި ލިވަޕޫލް ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، ނިއުކާސަލް އަށް ފަސޭހަ މޮޅެއް މެސީގެ މޮޅު ކުޅުމާއި އެކު ނިއު އިންގްލެންޑް ބަލިކޮށް، އިންޓަ މިއާމީ އެމެރިކާ ލީގު އެއްވަނައަށް އުރީދޫ ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމް އަހްމަދު ފަޔާޒުއަށް 18 އަހަރު އ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
އެސްޓަން ވިލާގެ ދަނޑުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.
މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޗެލްސީގެ މާކް ކުކުރޭއާ އަތުން ބައިކޮޅަށް ވަތް ގޯލުން އެސްޓަން ވިލާ ލީޑުނެގިއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި އެޓީމުން ލީޑު ފުޅާކުރިއެވެ. މި ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ޖަހައިދިނީ މޯގަން ރޮޖާސްއެވެ.
ދެ ލަނޑުގެ ލީޑަކާއި އެކު ފުރަތަމަ ހާފު އެސްޓަން ވިލާއިން ނިންމާލިއެވެ. އެކަމަކު، ދެ ވަނަ ހާފުގައި ނޯނީ މަޑުއޭކޭ ލަނޑެއް ޖަހައި، ކޮނާ ގެލަގާ އަށް ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީ، މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. އިތުރު ވަގުތުގައި ޗެލްސީގެ އެކްސަލް ޑިސާސީ ވަނީ ލަނޑެއް ޖަހައި އެ ޓީމު މޮޅުކޮށްދީފަ އެވެ. އެކަމަކު، ވީއޭއާރް އިން ބަލާފައި ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.
ވިލާ އަށް މި މެޗުން ލިބުނު ޕޮއިންޓާ އެކު، ޔުނައިޓެޑަށް ގަދަ ހަތަރެއް ނުލިބޭނެކަން ވަނީ ކަށަވަރުވެފަ އެވެ. ވިލާ އަށް ވަނީ 35 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 32 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ އޮތީ 48 ޕޮއިންޓާއި އެކު ނުވަވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ