ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި 15 ބޭފުޅުންގެ ވަނަވަރު ހާމަކޮށްފި

ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކުރުމުން ކުރިމަތިލެއްވި 15 ބޭފުޅުންގެ ވަނަވަރު ހާމަކޮށްފި އެވެ.
ސިވިލް ކޯޓަށް ގާޒީއަކު ހޯދަން އިއުލާނު ކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.
ސިވިލް ކޯޓު ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން
މުހައްމަދު ނިޒާމް / މ. މޮޑަންކޮމެޓް، މާލެނަފީލު މުހައްމަދު / ލަކީހޯމް، ގއ. ދާންދޫމުހައްމަދު އިހްސާން / ނޫރުވާދީ، ކ. ތުލުސްދޫމުސްތަފާ ހަމީދު / ކަނީރުމާގެ، ރ. އަނގޮޅިތީމުއަލީ ނަސީރު / ގާޑޭނިޔާވިލާ، ބ. ކިހާދޫއާދަމް ޒާލިފް / އޯކިޑުމާގެ، ގއ. ގެމަނަފުށިހައްމާދު ވާފިރު / ނުރަންމާގެ، ގއ. ދާންދޫމުހައްމަދު ވިދާން ޝާކިރު / ހ. ހުދުފިނިފެންމާގެ، ކ. މާލެމަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ. ދިއްދޫއަބްދުއްސަލާމް އަލީ / ރޯޒްލީން، ށ. މާއުނގޫދޫޝިފްޒާ އަބްދުލްޤައްޔޫމް / ހުޅުމާލެ، ގޯތި ނަންބަރު 11021 މާލެ،ފަތުހުﷲ ޖަމީލް މޫސާ، ނަލަމަލަ، ލ. މާވަށްއާއިޝަތު އަރީޝާ ނަޖީބު، ވ. ބުރެވި، މާލެއަހުމަދު މައުސޫމު، ހަވީރީމަންޒިލް، ލ. މާބައިދޫ
ސިވިލް ކޯޓުގެ ގާޒީއަކަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ