އެމްއެންޔޫގެ ދަނާލުގައި ޒުވާން ކުއްޖަކު މަރުވެއްޖެ

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި ރޭ ޒުވާން އަންހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫން ބުނީ އެތަނުގައި ކިޔަވާ 18 އަހަރުގެ ދަރިވަރަކު މަރުވެފައި އޮތް މައްސަލައެއް ފުލުހުން މިހާރު ބަލަމުންދާ ކަމަށެވެ.
ތަފްސީލް - އެކަމަކު އެ ކުއްޖާ މަރުވީ ކިހިނެއް ކަމެއް އެތަނަކުން ނުބުނެ އެވެ. އަދި އެ ކުއްޖާގެ އިތުރު ތަފްސީލެއް ވެސް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، ކުއްޖާ މަރުވެފައި އޮތީ އޭނާ އުޅޭ ކޮޓަރިތެރޭގަ އެވެ.
މި މައްސަލައިގެ ތަފްސީލެއް އަދި ފުލުހުން ވެސް އާއްމެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ