އިންޑިއާއާއި އެކު ހެދި ކަރަންސީ ސްވެޕް އެގްރީމެންޓުގެ ދަށުން ލިބުނު 400
މިލިއަން ޑޮލަރާއެކު ރާއްޖޭގެ ރަސްމީ ރިޒާވް 614.6 މިލިއަން ޑޮލަރަށް އިތުރުވެއްޖެއެވެ.
ރާއްޖެއިން އިންޑިއާއާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ
އޮކްޓޯބަރު މަހު ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި
ރަސްމީ ދަތުރުފުޅުގަ އެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާ ޑޮލަރު/ޔޫރޯ އަދި
އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށް އެމްއެމްއޭއަށް ސްވޮޕް ނެގުމަށް
މަގުފަހިވެގެން ދެއެވެ.
އެމްއެމްއޭއިން ބުނީ، އެ ފަދަ ފައިސާ އާއްމުކޮށް ބޭރުގެ ބޭންކުތަކަށް
އިންވެސްޓު ކުރި ނަމަވެސް، މިދިޔަ މަހުގެ ތެރޭގައި މަރުކަޒީ ބޭންކުން ވަނީ
ރާއްޖޭގެ ބޭންކުތަކަށް އިންވެސްޓުކޮށްފަ އެވެ. މިނިންމުމުގެ މަގުސަދަކީ،
އެމްއެމްއޭ އިން ބުނިގޮތުގައި މާލީ ދާއިރާގެ ކުރިއެރުމާއި ހަމަޖެހުމަށް
މަގުފަހިކޮށް މުޅި އިގްތިސާދަށް ފައިދާވާނެ ގޮތަށް ކަން ކުރުމަށެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ
ސެޕްޓެމްބަރު މަހު ރަސްމީ ރިޒާވް ހުރީ 371.2 ޑޮލަރު ގަ އެވެ. ކަރަންސީ ސްވަޕްގެ ދަށުން
ލިބުނު ފައިސާއާއެކު މިހާރު ރިޒާވް 614 މިލިއަނަށް ވުރެ އިތުރުވެފައިވާއިރު އެއީ 65.5
އިންސައްތަ އިތުރު އަދަދެކެވެ.
ބޭރު ފައިސާގެ އެސެޓުގެ ގޮތުގައި 122.5 މިލިއަން ޑޮލަރު އެބަހުއްޓެވެ. ރާއްޖެއަށް ބޭނުންވާ ތެލާއި ބޭހާއި އެ ނޫންވެސް
ޒަރޫރީ ތަކެތި ރާއްޖެ އެތެރެކުރުމަށް ބޭނުންކުރާ ޔޫޒަބަލް ރިޒާވްގެ އަދަދު ހޯދަން
ބޭނުންކުރާ ފޯމިއުލާއިން ހިސާބުކޮށްލުމުން ޔޫޒަބަލް ރިޒާވްގައި 31.4 މިލިއަން ރުފިޔާ
އެބަހުއްޓެވެ.
ކަރަންސީ ސްވަޕާއެކު ރާއްޖޭގެ ރިޒާވް 614.6 މިލިއަން ޑޮލަރަށް ޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ