ޕީއެންސީގެ އެތެރޭގެ އިންތިހާބު ނޮވެމްބަރަށް ފަސްކޮށްފި

މީގެ ކުރިން އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު. އެކަމަކު މިއަދު އެޕާޓީން ނެރުނު ބަޔާނެއްގައި ބބުނެފައިވަނީ މި އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހަށް ފަސްކޮށްފައިވޭ.
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިހާބު ފަސްކޮށްފިއެވެ.
މީގެ ކުރިން އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. އެކަމަކު މިއަދު އެޕާޓީން ނެރުނު ބަޔާނެއްގައި ބބުނެފައިވަނީ މި އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.ޕީއެންސީން ބުނީ އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ދާއިރާތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް، ވާދަކުރުމުގެ ފުރުސަތުވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ދާއިރާތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 24 ވަނަ ދުވަހާ ހަމަޔަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ޕާޓިން ބުންޏެވެ.މި އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 2،095 މެންބަރުން އެ ޕާޓީގެ އެކިއެކި މަގާމުތަކަށް އައްޔަން ކުރާނެ ކަމަށް އެ ޕޕާޓީން ވަނީ ބުނެފައެވެ. އެގޮތުން މި އިންތިހާބުގައި ދާއިރާގެ ރައީސުން، ދާއިރާގެ ނައިބު ރައީސުން، ޒުވާނުންގެ ހަރަކާތުގެ ރައީސުން، އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި ސްޓިއަރިންގް ކޮމިޓީތަކުގެ މެންބަރުން އިންތިހާބު ކުރެވިގެންދާނެ އެވެ.އެ ޕާޓީން ބުނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުރި ކޮންމެ މީހަކަށްވެސް މަގާމުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި މި އިންތިހާބުގައި ވޯޓުލެވޭނީވެސް އެ ދުވަހުގެ ނިޔަލަށް ޕާޓީ ދަފްތަރުގައި ތިބި މެންބަރުންނަށް ކަމަށްވެސް ވަނީ ބުނެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ