ބަޤަރާ ސޫރަތް ކިޔަވާނަމަ އެގެއަކާ އިބިލީސް ކައިރިނުވާނެ ކަމަށް ބުނަނީ ތެދުވާހަކައެއްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. ހަމައެކަނި ޝައިޠޯނާ އެގެއަކާއި ކައިރިނުވާނީއެއް ނޫނެވެ! ރިޒުޤްވެސް ތަނަވަސްކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
މިބަޔާންކުރަނީ އެގެއެއްގައި ބަޤަރާ ސޫރަތް ކިޔަވާނަމަ އެގެއަކަށް އެންމެ ބޮޑަށް ބޭނުންވާނެ 2 ކަންތައް ޙާޞީލްކުރެވޭނެ ކަމެވެ. އެވަރުގެ ފައިދާހުރިކަމެއް ނުކޮށް ކަންނެތްވެގެންތިބެން ހެޔޮވެދާނެހެއްޔެވެ؟
ފުރަތަމަ ކަންތައް: ޝައިޠޯނާއަށް ގެއާ ކައިރިނުވެވުން
ބަޤަރާ ސޫރަތް ކިޔަވާ ގެއަކާ ޝައިޠޯނާ ކައިރިނުވާނެކަން އެއީ ޔަޤިންކުރަންޖެހޭ ކަމެކެވެ. ޔަޤީންކުރަންޖެހެނީ ޞަޙީހް ޙަދީޘްފުޅުން އެކަން އެނގެން އޮތުމުންނެވެ.
Abu Hurayrah (may Allah be pleased with him) reported that the Messenger of Allah (may Allah's peace and blessings be upon him) said: "Do not turn your houses into graves. Indeed, Satan runs away from the house in which Sūrat al-Baqarah is recited."
Sahih/Authentic. - [Muslim]
މިޙަދީޘްފުޅުން އެނގެނީ ގެއެއްގައި ބަޤަރާ ސޫރަތްކިޔަވާނަމަ އެގެއަކާއި ދުރަށްދުވެ ޝައިޠޯނާ ފިލާނެ ކަމެވެ. މި ޙަދީޘްފުޅުގެ ތަފްޞީލް ދެއްވަމުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ބަޤަރާ ސޫރަތް ކިޔަވާގެއެއް ފެނުމުން ދުވެވުނު އެންމެ ބާރަކަށް ދުވެ ޝައިޠޯނާ ފިލާނެ ކަމަށެވެ.
ޞިހުރުހެދުމާއި އެސްފީނާލުން މިހައި ބޮޑަށް ޢާންމުވެފައިވާއިރު ކަމެއް ޖެހުމުން އެކަމެއް ރަނގަޅުނުކުރެވިގެން ތަކްލީފްތަކާއި ޚަރަދުތައް ކުރަންޖެހުމަށްވުރެ ހުރިހާ ގޮތަކުން ބެލިނަމަވެސް ފައިދާބޮޑީ ޝައިޠޯނާއަށް ގެއާއި ކައިރިނުވެވޭނެގޮތް ހެދުން ނޫންހެއްޔެވެ؟
ދެވަނަ ފައިދާ:
ގޭގައި ބަޤަރާތް ސޫރަތް ކިޔެވުމުން ލިބޭ ދެވަނަ ފައިދާއަކީވެސް ހަމަ ކޮންމެ ގެއަކަށްވެސް ބޭނުން ބޮޑު ކަމެކެވެ. "ބަޤަރާ ސޫރަތް ކިޔަވާށެވެ! އެއީ ރިޒްޤް ތަނަވަސްކޮށްދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ": ޝައިޚް މުޙައްމަދު ޠޯހާ
މިޙަދީޘްފުޅުވެސް ބައްލަވާށެވެ!
Sahl ibn Sa’d reported: The Messenger of Allah, peace and blessings be upon him, said, “Verily, everything has a summit and the summit of the Quran is Surat al-Baqarah. Whoever recites it in his house at night, Satan will not enter his house for three nights. Whoever recites it during the day, Satan will not enter his house for three days.”
Source: Ṣaḥīḥ Ibn Ḥibbān 782
Grade: Sahih (authentic) according to Ahmad Shakir
Explanation
Abu Hurayrah (may Allah be pleased with him) reported that the Prophet (may Allah's peace and blessings be upon him) forbade making houses like graveyards by failing to pray and recite the Qur’an therein. A house in which the prayer is not offered is labeled a grave because the latter is a place where the prayer is not permissible. Then, the Prophet (may Allah's peace and blessings be upon him) informed that Satan runs away from the house whose dwellers recite Sūrat al-Baqarah, as he feels hopeless to mislead and allure them, due to the blessing of reciting this Sūrah and their compliance with its teachings.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ހަނދުމަކޮށްދިނުމެއް!: ގޭގަ ބަޤަރާ ސޫރަތް ކިޔަވާނަމަ ގެއަށް އެންމެ ބޮޑަށް ބޭނުންވާ 2 ކަންތައް ޙާޞިލްކުރެވޭނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ