ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ރައީސް މުޢިއްޒު ނިންމަވައިފި

މ. ރަތްމަންދޫ ރައްޔިތުން ވެސް އެހެން ރަށަކަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ރަތްމަންދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި އެރަށު ރައްޔިތުން ރައީސް އޮފީހަށް ހުށަހަޅާފައިވާ ޕެޓިޝަން ލިބިފައިވާ ކަމަށެވެ.
އަދި މެޖޯރިޓީ ރައްޔިތުން ބޭނުންވާގޮތަށް އެ ރަށުގެ ހުރިހާ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. 
Advertisement
ރަތްމަންދޫގެ ރަޖިސްޓްރީގައި 239 މީހުން ތިބިއިރު އެއީ 118 އަންހެނުންނާއި 121 ފިރިހެނުންނެވެ. ނަމަވެސް ދިރިއުޅެމުންދަނީ 100 އެއްހާ މީހުންނެވެ.
ރަށުގައި ކިޔަވާ ކުދިންގެ އަދަދު މަދުވުމާ ގުޅިގެން ސްކޫލުގައި ކިޔަވައިދެނީވެސް ގުރޭޑު 6އާ ހަމައަށެވެ. ސްކޫލްގައި ކިޔަވަނީ އެންމެ ހަތަރު ކުދިންނެވެ. އެ ހަތަރު ކުދިންނަށް ވެސް އެންމެ އެކަށޭނަ ތައުލީމު ދެވޭނެ ފެންވަރެއް އެ ސްކޫލްގައި ނެތެވެ.
އެ ރަށު ސިއްހީ މަރުކަޒުން އެކަށީގެންވާ ފަރުވާ ލިބޭކަށް ނެތެވެ.  ބަނދަރުގެ މަސައްކަތް ބަޔަކާއި ހަވާލުކުރެވިފައިވީ ނަމަވެސް މިހާރު ލަފާ ފުރުމަށް ބޭނުން ކުރަނީ ޖެޓީއެވެ. 
ރަތްމަންދޫގެ އިތުރުން ހދ. ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އެ ރަށު މީހުން ބަދަލުކުރަން ނިންމާފައިވަނީ ހަނިމާދޫ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ