އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވާތީ ކްރިމިނަލް ކޯޓުން މީހަކު ދޫކޮށްލައިފި

އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވާތީ މާރާމާރީ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހެއް ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާނު ނެރުއްވި އަމުރުގައި ވަނީ ހައްޔަރުކޮށްފައި ހުރި މީހާ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ހިންގުމަށް އެކަށީގެންވާ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވުމާކަމަށާއި އަދި އޭނާގެ މައްޗަށް ކުށް ސާބިތުވިޔަސް އަންނާނެ ހުކުމުގެ މުއްދަތަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހުންނަން ޖެހިދާނެތީ އެ މީހާ ދޫކޮށްލީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ބަހައްޓައިގެ ޝަރީއަތް ކުރިއަށް ގެންދަނީ 29 އަހަރުގެ ފިރިހެނެކެވެ. އޭނާ މިހާރު ވެސް ފުލުހުންގެ ބަންދުގައި ދެ މަސް ވަނީ ހޭދަކޮށްފައެވެ. ކްރިމިނަލް ކޯޓުން ބުނީ ކޯޓަށް ދައުވާ ހުށަހަޅާފައިވާ މައްސަލައެއްގައި އެކަށީގެންވާ ހެކި ހުރެ، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެދުމުގެ ބަދަލުގައި 15 ދުވަހަށް ބަންދުކުރުމަށް ޕީޖީ އޮފީހުން ހުށަހެޅި މައްސަލަ އެ އިދާރާއިން ސާފުކޮށްދީފައި ނުވާ ކަމަށެވެ.
އަދި ޕީޖީ އޮފީހުން ބުނެފައިވަނީ އެ އިދާރާގެ ވިސްނުމަކީ ކޮންމެ 15 ދުވަހަކުން މުއްދަތު އިތުރު ކުރުން ކަމަށްވާ އިރު އެކަން އެގޮތަށް ކޮށްފި ނަމަ، ހުކުމުގެ މުއްދަތަށްވުރެ ބަންދުގައި ހުންނަން ޖެހޭ މުއްދަތު އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ މީހާ ވަނީ އިބްތިދާއީ އަޑުއެހުމުގައި އެ ކުށަށް އިއުތިރާފުވެފަ އެވެ. އެހެންވެ މައްސަލައަށް އިއުތުރާފުވުމުން އޭނާގެ ހުކުމަކީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ