ފަސް މިލިއަން ޑޮލަރުގެ ދޮންކެޔޮ އާޓް އަނެއްކާ ވެސް ކާލައިފި
އިޓަލީގެ މައުރަޒެއްގެ ފާރުގައި ތަތްކޮށްފައިވާ ދޮންކެޔޮވަކުގެ އަގުބޮޑު އާޓް ދެވަނަ ފަހަރަށް މީހަކު ކާލައިފިއެވެ. އިޓަލީގެ އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކެޓަލެން ނޫސްތަކުގެ ހެޑްލައިންތަކަށް އެރީ މީގެ ފަސް އަހަރު ކުރިން އެމެރިކާގެ މައުރަޒެއްގައި އަޅިކުލައިގެ ޑަކްޓް ޓޭޕުގަނޑަކުން ފާރެއްގައި ތަތްކުރި ދޮންކެޔޮ ވަކަކުންނެވެ. އެންމެ ފުރަތަމަ އެ އާޓް ޑިސްޕްލޭ ކުރީ އެމެރިކާގެ މައޭމީގެ އާޓް ބަސެލް މައޭމީ ބީޗްގައެވެ. ކޮމީޑިއަންގެ ނަން ދީފައިވާ މި އާޓްވޯކްގެ އަގު ހުރީ 120،000 ޑޮލަރުގައެވެ. އެ ދޮންކެޔޮ، މައުރީޒިއޯ ގަނެފައިވަނީ މައޭމީ ފިހާރައަކުން 30 ސެންޓަށެވެ. އެއަށް ފަހު އާޓިސްޓު އެ އަލުން ހަރުކޮށްފައިވަނީ ދެކުނު ކޮރިއާގެ ސޯލްގައެވެ. އޭނާ އެ އާޓް ހަރުކޮށްފައިވަނީ 2023 ވަނަ އަހަރެވެ. ނަމަވެސް، ސޯލްގައި އާޓް ބައިންދާފައިވަނިކޮށް މީހަކު އެ ކާލީއެވެ. މިހާރު މި ދޮންކެޔޮ އާޓްގެ އަގު ފަސް މިލިއަން ޑޮލަރަށް އަރައެވެ. އެންމެ ފަހުން މި އާޓް ބޭނުންކޮށްފައިވަނީ އިރުމަތީ ފްރާންސްގެ ސަރަހައްދެއްގައި ހުންނަ މިއުޒިއަމްއެއް ކަމަށްވާ ސެންޓާ ޕޮމްޕިޑޫ މޭޓްސްގައެވެ. ނަމަވެސް، މިދިޔަ ހަފުތާގެ ތެރޭގައި މިއުޒިއަމްއަށް ދިޔަ މީހަކު ވަނީ މި ދޮންކެޔޮ ކާލާފައެވެ. ނަމަވެސް، މާ ގިނައިރުތަކެއް ނުވެ ސެކިއުރިޓީ ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެރިފައެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައެއް ނުވެއެވެ. އަދި، އެ ދޮންކެޔޮ ކާލާފައިވާ މީހާއަށް އެއްވެސް އަދަބެއް ލިބިފައިވާ ކަމެއް ވެސް މިއުޒިއަމްއިން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ