އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަނުން ކުރިއަށްގެންދާ މި ތާރީހީ ދަތުރުގެ ފުރަތަމަ ފްލައިޓުން އުމްރާވެރިން ވަނީ ފަތިހު ފުރައިފަ އެވެ. އަދި އިތުރު ފްލައިޓުތައް ވެސް ގަމުން ޖިއްދާއަށް ދަތުރު ކުރާނެ އެވެ.
MU STORE
Yes Maldives Pvt Ltd
Zetta Enterprises Pvt Ltd
MU STORE
MGH Group of Companies
މިއީ މޯލްޑިވިއަންގެ ތާރީހުގައި ފާހަގަކޮށްލެވޭ ފަހުރުވެރި ލަނޑުދަނޑިއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. ގަން އެއާޕޯޓުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ފުރަތަމަ ފްލައިޓުން ދަތުރުކުރާ އުމްރާވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މޯލްޑިވިއަން އިން ބުނާ ގޮތުގައި މިއަދު ފެށުނު މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި ބޭރު ދުނިޔެއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ
މި ދަތުރުތަކުގެ ސަބަބުން އައްޑޫ ސިޓީ އާއި ކައިރި އަތޮޅުތަކުގެ ރައްޔިތުން އުމްރާއަށް ދިއުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް، ވަގުތާއި ހަރަދު ވަރަށް ބޮޑަށް ސަލާމަތްވެގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ..
މޯލްޑިވިއަނުން ބުނި ގޮތުގައި މި ދަތުރުތަކަކީ ދެކުނުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ދަތުރުތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ގަން އެއާޕޯޓުން ޖިއްދާއަށް ސީދާ ދަތުރުތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ