ސަރުކާރުގެ މުވައްޒަފުންގެ މުސާރަަ އާއި އެލަވަންސްތަކަށް މި އަހަރުގެ މިހާތަނަށް ހަރަދުކުރި އަދަދު %11 އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފާހަގަކޮށްލެވޭ - ނަމަވެސް، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީއަށް ކުރި ހޭދަވަނީ %15 ދަށަށް ގޮސްފަ އެވެ.
ތަފްސީލް - ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 16ގެ ނިޔަލަށް ވަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަތަކާއި އެލަވަންސްތަކަށް:
6.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައި
މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 685 މިލިއަން ރުފިޔާ އިތުރު އަދަދެއް
މިދިޔަ އަހަރު އެ މުއްދަތުގައި ހަރަދުކުރީ 6.1 ބިލިއަން ރުފިޔާ
މި އަހަރަށް ސަރުކާރުގެ މުވައްޒަފުންގެ މުސާރަތަކާއި އެލަވަންސްތަކަށް ހަރަދުކުރަން ބަޖެޓްކޮށްފައި ވަނީ 14.8 ބިލިއަން ރުފިޔާ އެވެ.
މުވައްޒަފުންގެ މުސާރަތަކާއި އެލަވަންސްތަކަށް ކުރި ހޭދަ އިތުރުވި ނަމަވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ހޭދަ ވަނީ މަދުކޮށްފަ އެވެ. އެގޮތުން:
އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރީ 3.2 ބިލިއަން ރުފިޔާ
އެއީ 602 މިލިއަން ރުފިޔާ މަދު އަދަދެއް؛ %15 ދަށް އަދަދެއް
މި އަހަރަށް މަޖިލީހުން ފާސްކޮށްދީފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް 35 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ތެރެއިން:
21.4 ބިލިއަން ރުފިޔާ އަކީ ރިކަރަންޓް ހަރަދުތައް
ކެޕިޓަލް ހަރަދުތަކުގެ ހޭދައަކީ 3.2 ބިލިއަން ރުފިޔާ
ލޯން ދެއްކުމަށް 12 ބިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ވަނީ ހަރަދުކޮށްފަ އެވެ.
މުސާރައިގެ ހަރަދު %11 އިތުރު؛ މަޝްރޫއުތަކުގެ ހޭދަ %15 ދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ