ހުކުމަށް ފިލައިގެން އުޅޭ މީހުން އަތުލައި، ފިލީތީވެސް އަދަބު ދޭން ޖެހޭ: ޑރ. އަބްދުﷲ ހަލީލް

ހުކުމަށް ފިލައިގެން އުޅޭ މީހުން އަތުލައި، ފިލީތީވެސް އަދަބު ދޭން ޖެހޭ ކަމަށް ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބާރ ޑރ.އަބްދުﷲ ހަލީލު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ވަޑައިގެން ކުރި ކުށުގެ ހުކުމް ނުހިގާނެ ކަމަށް ހީފުޅުވާނަމަަ އެކަމަށް ރައްޔިތުން ޖަވާބު ދޭނެ ކަމަށާއި ރައްޔިތުން ޤާނޫނު ހިންގާނެ ކަމަށެވެ.
ހަލީލު މިޓްވީޓް އަމާޒުކޮށް ފައިވަނީ ކޮން ބޭފުޅަކަށް ކަމެއް ހާމަށް ކޮށްފައެއް ނުވެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދް ހޯމަ ދުވަހު އެންބުރި ރާއްޖެ ވަޑައިގަންނަވަން އުޅުއްވާ ވާހަކަ ދަނީ ދެކެވެމުންނެވެ. ނަމަވެސް އެއްވެސް ފަރާތަކުން ރަސްމީކޮށް އެކަން އިއުލާން ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ