މާލެ އަތޮޅު ކައިރިން ތަފާތު ބާވަތެއްގެ ބޯވަ ދިލަމަހެއް ބާނައިފި

މާލެ އަތޮޅު ބޭރުގައި ތުތި ބޯވަ ދިިލަމަހުގެ މަސްވެރިކަން ކުރަން އުޅުނު ބަޔަކަށް ރާއްޖެއިން ވަރަށް މަދުން ނޫނީ ފެނިފައި ނުވާ ބާވަތެއްގެ ބޯވަ ދިލަމަހެއް ބޭނިއްޖެއެވެ.
ފައިތަކާއި އެކު ދިގުމިނުގައި 24 ފޫޓު ހުރި މިބޯވަ ދިލަމަސް ބާނާފައި ވަނީ، ތުތި ބޯވަ ދިލަމަހުގެ މަސްވެރިކަން ކުރާ "ރަންކަރު" ދޯނިންނެވެ.
ދޯނިން މަސްވެރިކަމަށް ނުކުން މީހުން ބުނީ އެމީހުންނަށް އެބޯވަ ދިލަމަސް ބޭނުނީ، މާލެ އަތޮޅު ދިއްފުށީގެ 6 މޭލު ބޭރުން، ކަނޑުގެ 400 މީޓަރު އަޑިން ކަމަށެވެ.
ފުނުން ބާނާ ތުތި ބޯވަ ދިލަ މަހާއި ބަލާއިރު އެބޯވަ ދިލަމަސް ވަރަށް ހިމަވެފައި ދިގެވެ. އަދި ފައިތަކުގެ އުންތައްވެސް ހުރީ ބޯޅަ ތަކެއް ހެންނެވެ.
"އަޅުގަނޑުމެންނަކަށްވެސް ނޭނގޭ މީ ކޮންނަމެއް ކިޔާ ބޯވަދިލަ މަހެއް ކަމެއް. ކެވޭނެ އެއްޗެއް ކަމެއް ވެސް. " ދޯނީގެ ފަޅުވެރިއަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ