އިދިކޮޅުގެ ސަރުކާރެއް ގާއިމްވެއްޖެނަމަ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އެބޭފުޅަކު ބޭނުންވާ ހިސާބަކުން ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ޒުވާނުން އިންތިޒާމުކޮށްގެން ބޭއްވި ބާބަކިއުއެއްގައި ބައިވެރިވުމަށްފަހު މީޑިއާއާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، ހުޅުމާލޭގައި ހައުސިންގެ ޕްރޮޖެކްޓްތައްވެދސް ފަށައިގެން ހުޅުމާލޭގައި ކުރިއަށްދާ ކަމަށާއި ނަމަވެސް އެކަން ކުރިޔަށްދާ މިންވަރު ވަރަށްވެސް ލަހުން ކަމަށެވެ. އަދި އެމަޝްރޫއުތައް މިޔަށްވުރެ އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށާއި އެކަމުގެ ޕްލޭނެއް އިދިކޮޅު އިއްތިހާދުގައި އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ މައިގަނޑު ތިން ކަންތަކުގެ ތެރޭގައި މި ހިމެނެނީ އަދުލު އިންސާފުގާއިމް ކުރުމާއި އިޖްތިމާއީ ރައްކާތެރިކަން، އޭގެ ތެރޭގައި އޭގެ ތެރޭގައި ބޯހިޔާވަހިކަމަށް އެންމެ އިސްކަމެއް މިދެވެނީ، އެގޮތުން މާލޭގައި ރަށްވެހިވެފައި ތިބި ފަރާތްތަކަށް ހުޅުމާލެއިން ބީހިޔާވަހިކަން ލިބިގެންދާނެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އެބޭފުޅަކު ބޭނުންވާ ހިސާބަކުން ބޯހިޔާވަހިކަން ލިބިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، އިދިކޮޅުި ސަރުކާރެއްގައި މަޝްރުއުތައް ކުރިއަށްދާނީ ކޮރަޕްޝަނާއި ވައްކަމަށް މަގުފަހި ނުވާގޮތަށް ކަމަށެވެ.
އިބޫ ވިދާޅުވީ، ހައުސިންގެ މަޝްރޫއެއްވީ ނަމަވެސް ބްރިޖް ނުވަތަ ހޮސްޕިޓަލަކަށްވީ ނަމަވެސް ފެނިގެން މިދަނީ ކޮންމެ ޕްރޮޖެކްޓެއްގެ ފަހަތުގައި ފެންމަތިވެގެން ދަނީ ސުވާލު އުފެދޭ އެތައް ކަމެއް ކަމަށެވެ. އެކަންކަން އިދިކޮޅު ވެރިކަމެއްގައި ނުފެންނާނެ ކަމަށްވެސްް އިބޫ ވިދާޅުވި އެވެ.
"އެހެންް ވެއްޖެކަމަށް ވަންޏާ އެލިބޭ ފައިސާއިން އެއަށްވުރެ ގިނަ މަޝްރޫއުތއައް އެއްވުރެ ގިނަ ކަންކަން އަވަހަށް ކުރެވިގެންދާނެ، މިއަދު ފަސްޖެހި ލަސްވެގެން މިދަނީ އެކަހަލަ ކަންތައްތަކެއް ފަހަތުގައި އުޅޭތީ، އެކަން މަސައްކަތް ކުރަން އަންނަ ފަރާތްތަކުން އެބަ ކުރޭ، އެތައް ބަޔަކަށް އެބަ ޖެހޭ ބައި އަޅަން، އެހެންވުމުގެ ސަބަބުން އިތުރަށް ބައިވަރު އެތައް ހަރަދެއް ކުރަން ޖެހެނީ، އެހެން ނުވާނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން، ރައްޔިތުންގެ ފައިސާ ބޭނުން ކުރާނީ ހެޔޮ ގޮތުގައި،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ލޯނުތައް ދެއްކޭނެ ފަސޭހަ ގޮތްތަކެއް އެކުލަވާލަމުން ގެންދާ ކަމަށާއި ހާއްސަކޮށް ހައުސިންނަށް ލޯން ލިބޭނެ ފަހި ގޮތްތަކެއް ގާއިމް ކޮށްދޭނެ ކަމަށެވެ.
ރައްޔިތުން ބޭނުންވާ ކޮންމެ ހިސާބަކުން ބޯހިޔާވަހިކަން ލިބޭނެ: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ