ޕީޕީއެމް ގެ މެންބަރުންތަކެއް އުމަރު ނަސީރު އާ ބައްދަލުކުރައްވައިފި

ގ. ސަކީނާ މަންޒިލުގާ ރޭ 22:00 ގައި މިބައްދަލުވުން ބާއްވާފައިވަނީ ޕީޕީއެމްގެ އެތެރޭގައި ގިނަ މައްސަލަތަކެއް އުޅޭކަމަށް ހަބަރުފެތުރިފައި ވަނިކޮށެވެ.
20 ވަރަކަށް މީހުން ބައިވެރިވި މި ބައްދަލުވުމުގައި ވަނީ ޕީޕީއެމްގެ މައްސަލަތަކާ ބެހޭ ގޮތުން އުމަރު ނަސީރު އާ މަޝްވަރާ ކޮށްފައެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ޕީޕީއެމްގެ ރައީސްް, ރައީސް މައުމޫން ދެކޮޅު ހަދާފައިވާ މިދަނޑިވަޅުގާ އުމަރު ނަސީރު ވަނީ އޭނާ ހުންނެވީ ރައީސް މައުމޫން އާ އެއްކޮޅަށް ކަމަށް ވިދާޅުވެފައެވެ.
ހޯމް މިނިސްޓަރުކަމުން އިސްތިއުފާދެއްވި އުމަރު ނަސީރު އާ ރޭ ބައްދަލުކުރެއްވި ޕީޕީއެމްގެ މިމެންބަރުންތަކަކީ ކުރިންވެސް އޭނާއަށް ތާއީދު ކުރާ މެމްބަރުންތަކެއް ކަމަށް ވަނީ ހަބަރުފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ