ސުޕްރީމް ކޯޓުގެ އަމުރަށް 4.8 މިލިއަން ރުފިޔާގެ މައްސަަލައެއް ނުބަލަން ނިންމައިފި

މ. ދޫނިދޫ އުސާމަތު އިސްމާއިލްގެ އަތުން 4.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެސްޓޭޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށް މައްސަލައިގެ ފައިލް ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައިގެ ދައުވާ ފޯމް ބާތިލްކުރަން ސުޕްރީމް ކޯޓުން އަމުރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަމުރުކުރީ އުސާމަތުގެ ފަރާތުން ސުޕްރީމް ކޯޓުން ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އެންގީ އުސާމާގެ އަތުން މިފައިސާ ހޯދަން އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން ތިން ފަހަރަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ކޮންމެ ފަހަރަކު ވެސް ވަކި ހިސާބަކުން އެ މައްސަލަ އެ ކުންފުނިން އަނބުރާ ގެންގޮސްފައިވާތީ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އެސްޓޭޓް އިންޓަނޭޝަނަލް އެތައް ފަހަރެއްގެ މަތިން މައްސަލަ އަނބުރާ ގެންގޮސްފައި ވާތީ އެ ދައުވާ އުފުލުމުގެ ހައްގު މިހާރު އެ ކުންފުންޏަށް ލިބިގެން ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ދައުވާކުރާ ފަރާތުން މައްސަލަ އަނބުރާ ގެންގޮސްފިނަމަ އަލުން އެ ދައުވާ ނުކުރެވޭނެ ކަމަށް، ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ޝަރީއަތަށް މައްސަލަ ހުށަހެޅުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެސްޓޭޓް އިންޓަނޭޝަނަލް އިން އެގޮތަށް އަމަލުކޮށްފައިވާތީ ވަގުތުން ދައުވާ ފޯމް ބާތިލްކުރަން އަންގާ ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
1770000
އުސާމަތު އިސްމާއިލްގެ މައްޗަށް އެސްޓޭޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ދައުވާ އަކީ އުސާމަތު އެކުންފުނީގައި މަސައްކަތް ކުރި ދުވަސްވަރު ކުންފުނީގެ ބޯޑުގެ ހުއްދަ ނުހޯދާ ކުންފުނިން ނަގާފައިވާ ކަމަށް ބުނާ ފައިސާތަކެއްގެ މައްސަލަ އެވެ. އެގޮތުން އުސާމަތު ކުންފުނިން ނަގާފައިވާ ކަމަށް ބުނާ 114،786 ޔޫއެސް ޑޮލަރާއި، ހަތްލައްކަ ދިވެހި ރުފިޔާއާއި އަދި އެކުންފުންޏަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެކެއް މެއި 2011 ދުވަހުން ފެށިގެން 31 މާޗް 2014ގެ ނިޔަލަށް ހިނގާދިޔަ 1066 ދުވަހަށް ދުވާލަކު 2،200 ރުފިޔާގެ މަގުން 2،345،200 ރުފިޔާއާއި ކުންފުނިން ނަގާފައިވާ ފައިސާ އެއްކޮށް ދައްކާ ހަލާސްކޮށް ނިމެންދެން ހޭދަވާ ދުވަސްތަކަށް ދުވާލަކު 2،200 ރުފިޔާގެ މަގުން އެހާތަނަށް ލިބެންޖެހޭ ރުފިޔާއާއި އަދި މިމައްސަލައިގެ ލީގަލް ފީގެ ގޮތުގައި 35،000 ރުފިޔާ އުސާމަތުގެ އަތުން ހޯދުމަށް ވަނީ ދައުވާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ