2018 ގެ އިންތިޚާބުގައި ރައީސް ނަޝީދުގެ ނަން އޮންނާނެ - އަލީ ވަހީދު

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، 13 އަހަރަށް ޖަލަށް ލެވިފަައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން، ކެންޑިޑޭޓެއްގެ ގޮތުގައި އޮންނާނެ ކަމަށް އިނގިރޭސި ވިލާތުގައި މިވަގުތު ހުންނެވި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރަށް އަމާޒު ކުރައްވައި، އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2018 ގެ އިންތިޚާބުގައި "އުމަރު ނަސީރުގެ ނަމެއް ނޯންނާނެ" ކަމަށާއި، އިރާދަ ކުރެއްވިއްޔާ ރައީސް މުހައްމަދު ނަޝީދުގެ ނަން އޮންނާނެ ކަމަށެވެ.
"ގެރިކޮށް ކުޅެން އަޅުގަނޑުމެން ވެސް ދަންނަން،" އަލީ ވަހީދު ވިދާޅުވެފައިވެއެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ، ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި ގޮވާލުމަށް ސަރުކާރުން އިޖާބަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ހޯމް މިނިސްޓަރު ގެންދަވަނީ އިދިކޮޅު ޕާޓީ އެމްޑީޕީގެ ލީޑަރޝިޕެއް ނެތްކަމަށް ވިދާޅުވެ އެޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ